ޓެކްސް އެޕީލް ޓްރަބިއުނަލަށް ފަސް ބޭފުޅަކަށް ރުހުން ދީފި

ޓެކްސް އެޕީލް ޓްރައިބިއުނަލް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޓެކްސް އެޕީލް ޓްރައިބިއުނަލަށް ފަސް ބޭފުޅަކަށް ރުހުން ދޭން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ޓެކްސް އެޕީލްގެ މެމްބަރުކަމަށް ހުޅުވާލީ މިމަހު 28 ވަނަ ދުވަހު އެ އިދާރާގެ ފަސް މެމްބަރުންގެ ދައުރު ހަމަވާތީއެވެ.

ޓެކްސް އެޕީލް ޓްރަބިއުނަލަށް ކުރިމަތިލި ނުވަ މީހުންގެ ނަން ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ވަނީ މަޖިލީހަށް ފޮނުވާފައެވެ. އެ ނަންތައް ދިރާސާ ކުރުމަށްފަހު، ފަސް ބޭފުޅަކަށް ރުހުން ދޭން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

މަޖިލިސް މިއަދުގެ ޖަލްސާގައި އެ ފަސް ބޭފުޅުނަށްވެސް ރުހުންދޭން ފާސްކުރިއެވެ.

ޓެކްސް އެޕީލް ޓްރަބިއުނަލަށް އައްޔަން ކުރަން ރުހުން ދިން ފަރާތްްތަަށް:

1. މުހައްމަދު މުނައްވަރު އަލީ، ވެސްޓްބީޗް / އއ.މަތިވެރި - 53 މެމްބަރުން ފެންނަ ކަމަށް
2. ފާތިމަތު މިންޙަތު އިއްޒަތު، ގ.ގޮފި - 51 ވޯޓު ފެންނަ ކަމަށް
3. އިސްމާޢީލް ސާޖިދު، މއ.ވިލާރޮދި
4. ހުސައިން ޒައިދާން ޖަލީލު، މ.ފާމުދޭރިގެ
5. އަހްމަދު އަޝްރަފް، ދަފްތަރު ނަންބަރު ރސ 7883

ޓެކްސް އެޕީލް ޓްރައިބިއުނަލަކީ ޓެކްސްއާ ގުޅޭ މައްސަލަތައް ބެލުމަށް، ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ ދަށުން އުފައްދާފައިވާ މުއައްސަސާއެކެވެ. އެ ޓްރައިބިއުނަލްއަށް މެމްބަރުން އައްޔަނުކުރަނީ މަޖިލީހުން ފާސްކުރުމުން ރައީސުލްޖުމްހޫރިއްޔާ އެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލް އެކުލެވިގެން ވަނީ ފަސް މެމްބަރުންގެ މައްޗަށެވެ. އޭގެ ތެރެއިން މަދުވެގެން ދެ މެމްބަރުންނަކީ ރާއްޖޭގެ ގާނޫނީ ދާއިރާގައި މަސައްކަތްކޮށް، މަދުވެގެން ތިން އަހަރުގެ ތަޖުރިބާ ލިބިފައިވާ ނުވަތަ ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލްކޮށްފައިވާ މެމްބަރުން ކަމުގައިވާން ޖެހެއެވެ.

https://sun.mv/145435

comment ކޮމެންޓް