ޓޮމް އެންޑް ޖެރީގެ ލައިވް އެކްޝަންގެ ޓްރެއިލާ ބަލައިފިންތަ؟

ޓޮމް އެންޑް ޖެރީ

އާންމުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ޓޮމް އެންޑް ޖެރީގެ ލައިވް އެކްޝަންގެ ޓްރެއިލާ ދައްކާލައިފި އެވެ.

އަސްލު މީހުން ހިމަނައިގެން މި އެނިމޭޓަޑް ފިލްމުގެ ޓްރެއިލާ މިހާރު ދައްކާލާފައިވާއިރު މި ފިލްމަކީ އަންނަ އަހަރުގެ މާޗު މަހުގެ ފަސްވަނަ ދުވަހުއެވެ. ޓިމް ސްޓޯރީޑައިރެކްޓްކޮށްފައިވާ ފިލްމުގެ ކާސްޓުންގެ ތެރޭގައި ކޮލިން ޖޮސްޓް، މައިކަލް ޕީނާ، ރޮބް ޑެލަނީ، ކެން ޖިއޮންގް، ކްލޯއީ ގްރޭސް މޮރޭޒް އަދި ޕައްލަވީ ޝްރަދާހިމެނެ އެވެ.

މި ފިލްމުގައި ފެނިގެންދާ ކެރެކްޓަރު ޓޮމް އަށް އަޑުއަޅަފައިވަނީ ފްރޭންކް ވެލްކާއެވެ. އަދި ޖެރީގެ އަޑު އަޅާފައި ވަނީ ޖޫން ފޯރޭ އެވެ.

comment ކޮމެންޓް