ވައިކަރަދޫ ގޮނޑުދޮށުގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

ހދ. ވައިކަރަދޫ ---

ހދ. ވައިކަރަދޫގެ ގޮނޑުދޮށުގައި ދުވަސްވީ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ވައިކަރަދޫ ކައުންސިލުގެ ރައީސް އަހުމަދު ނަސީމް "ސަން"އަށް ވިދާޅުވީ މިއަދު ހެނދުނު 9:00 ހާއިރު ރަށުގެ ދުވަސްވީ މީހެއް އެރަށުގެ މީހުން މޫދަށް އެރޭ ސަރަހައްދު ގޮނޑުދޮށުގައި މަރުވެފައިވާ އޮއްވާ ފެނިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މަރުވެފައި އޮއްވާ ފެނިފައިވަނީ އުމުރުން 70 އަހަރުގެ ފިރިހެނެއް ކަމަށް ނަސީމް ވިދާޅުވި އެވެ.

އެމީހާ ފެނުނުއިރު އޮތީ ކޮންމެވެސް ވަރަކަށް ތެމިފައި އަދި ގައިގައި ވެލި ވެސް ހޭކިފަ އެވެ. އެމީހާ ސާފުކުރުމަށްފަހު މިހާރު އޮތީ ރަށުގެ ސިއްހީ މަރުކަޒުގައި ކަމަށް ނަސީމް ވިދާޅުވި އެވެ.

ނަސީމް އަދި ވިދާޅުވީ އެ މައްސަލައާ ގުޅިގެން ފުލުހުން މިހާރު މަރުކަޒުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި އެ މައްސަލަ ބަލަމުން ގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް