ތަކަންދޫ އަށް ލައްވި ބޮޑުމަހެއް ނައްތާލުމުގެ މަސައްކަތް ކުރަނީ

ތަކަންދޫ އަށް ލައްވި މަސް -- ފޮޓޯ: އެމްއެންޑީއެފް

ހއ. ތަކަންދޫ އަށް ލައްވި ބޮޑުމަހެއް ނައްތާލުމުގެ މަސައްކަތް ސިފައިން ފަށައިފި އެވެ.

މިއަދު ހެނދުނު އެރަށަށް ލެއްގި އެ މަސް އޮތީ މަރުވެ، ކުނިވެފަ އެވެ. އެ މަހުގައި ގާތްގަނޑަކަށް 20 ވަރަކަށް ފޫޓު ހުންނާނެ ކަމަށް ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

އެމްއެންޑީއެފް އިން ބުނީ މިއަދު ތަކަންދޫ އަށް ލައްވި ބޮޑުމަސް ނައްތާލުމުގެ މަސައްކަތް އެމްއެންޑީއެފް ނަދަން އޭރިއާގެ ސިފައިންނާއި ތަކަންދޫ ކައުންސިލް ގުޅިގެން ކުރަމުންދާ ކަމަށެވެ.

ރާއްޖޭގެ ސަރަހައްދުން މަދުން ނަމަވެސް ބޮޑުމަސް ފެންނައިރު، ބޮޑުމަސް މަރުވެގެން ރަށްރަށުގެ ގޮނޑުދޮށަށް ލައްގަ އެވެ. ނޫނީ މަރުވެގެން ކަނޑުން މައްޗަށް އަރާފައި ހުއްޓާ ފެނެ އެވެ.

މިދިޔަ ހަފްތާގެ ތެރޭގައި އަވަށްޓެރި ސްރީލަންކާގެ ޕަނަޑޫރާއަށް ވެސް 120 ބޮޑުމަސް ލައްވި އެވެ.

comment ކޮމެންޓް