ސޮނެވާ ޖާނީ އިން ގިނަ އަދަދެއްގެ ވަޒީފާއަށް ހުޅުވާލައިފި

ސޮނޭވާގެ ހޮސްޓުން ތަކެއް --- ފޮޓޯ: ސޮނޭވާ

ސޮނޭވާ ޖާނީ އިން 85 ވަޒީފާގެ ފުރުސަތު ހުޅުވާލައިފި އެވެ.

ސޮނޭވާ ޖާނީ އިން ބުނީ ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވެ، ދުނިޔޭގެ އިގްތިސާދުވެސް އަނދަވަޅެއްގައި އޮތް މި ވަގުތު، ވަޒީފާގެ ފުރުސަތުތައް ފަހިކޮށް، އެ ފުރުސަތު ހުޅުވާލެވުމަކީ ލިބޭ ހިތްހަމަ ޖެހުމެއް ކަމަށެވެ.

ސޮނޭވާ އިން ހުޅުވާލި ފުރުސަތުތަކުގެ ތެރޭގައި

  • ހައުސް ކީޕިންގެ 18 ވަޒީފާ
  • ބަޓްލަރުންގެ 16 ވަޒީފާ
  • ވޯޓާ ސްޕޯޓްސްގެ ދެ ވަޒީފާ
  • ބޯޓް ކްރޫ އިންގެ ދެ ވަޒީފާ
  • އެއް ރިޒަވޭޝަން އެޖެންޓް
  • ދެ ގިފްޓް ޝޮޕް އެސިސްޓެންޓުން
  • ދެ އެއާޕޯޓް ހޮސްޓް
  • އެއް އެފްއެންޑްބީ އެސިސްޓެންޓް މެނޭޖަރު
  • ތިން ޑެސްޓިނޭޝަން މެނޭޖަރުން
  • އެފް އެންޑް ބީ ޓީމުގެ އިތުރު އަށް ވަޒީފާ
  • އިންޖިނިއަރިން ގެ 10 ވަޒީފާ
  • ކިޗަން ޓީމުގެ 14 ވަޒީފާ

ސޮނޭވާގެ ހޮސްޓެސް އެއް ---

ސޮނޭވާ އިން ބުނީ މި ވަޒީފާތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުރިހާ ގައުމެއްގެ މީހުންނަށް ހުޅުވާލާފައިވާ ކަމަށާއި ނަމަވެސް ވަޒީފާ ދިނުމުގައި ދިވެހިންނަށް އިސްކަން ދޭނެ ކަމަށެވެ.

ސޮނޭވާ ޖާނީ---

ސޮނޭވާ އިން ބުނީ އެ ކުންފުނީގެ އެންމެ ބޮޑު އަމާޒަކީ އެ ކުންފުނީގައި ވަޒީފާ އަދާކުރާ އަންހެނުންގެ އަދަދު އިތުރު ކުރުން ކަމަށެވެ.

ސޮނޭވާގެ ދަށުން ހިންގާ ސޮނޭވާ ފުށީގެ 16 ޕަސެންޓް މުވައްޒަފުންނަކީ މިހާރު އަންހެން މުވައްޒަފުން ކަމަށާއި އަމާޒަކީ އަންނަ އަހަރާއި ހަމައަށް މި އަދަދު 21 އަށް އިތުރު ކުރުން ކަމަށް އެ ކުންފުނިން ބުންޏެވެ.

ސޮނޭވާ ޖާނީގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ 20 ޕަސެންޓަކީ މިހާރު އަންހެނުން ކަމަށާއި އަންނަ އަހަރާއި ހަމައަށް މި އަދަދު 30 ޕަސެންޓަށް އެރުވުމަކީ އަމާޒު ކަމަށް ސޮނޭވާ އިން ބުންޏެވެ.

ސޮނޭވާ އިން އިއުލާނުކޮށްފައިވާ ވަޒީފާތަކަށް އެޕްލައި ކުރުމަށް: https://soneva.com/join-the-soneva-team

comment ކޮމެންޓް