ހދ. އަތޮޅުގެ ތިން ރަށެއްގެ އާ އިންޖީނުގޭގެ ބިންގާ އަޅައިފި

ހދ. ނެއްލައިދޫ އާ އިންޖީނުގޭގެ ބިންގާ އެޅުން -- ފޮޓޯ/ ފެނަކަ

ހދ. ނެއްލައިދޫ، ވައިކަރަދޫ އަދި ކުމުންދޫގައި އަލަށް އަލަށް އިމާރާތްކުރާ އިންޖީނުގެ އާއި އޮފީސް ބްލޮކްގެ ބިންގާ މިއަދު އަޅައިފިއެވެ.

ތިން ރަށުގެ އިންޖީނުގެ އާއި އޮފީސް ބްލޮކްގެ ބިންގާ އަޅުއްވައިދެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު އަދި ރަށު ކައުންސިލުގެ ރައީސުންނެވެ.

މަސައްކަތް ފަށާތާ 280 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ނެއްލައިދޫ އިންޖީނުގެ އަދި އޮފީސް އިމާރާތުގެ މަސައްކަތް ހަވާލުކުރީ ނުގާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.

އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ، ކުންފުނީގެ އެމްޑީ މުހައްމަދު އިބްރާހީމެވެ.

ވައިކަރަދޫގައި އަލަށް އިމާރާތްކުރާ އިންޖީނުގެއާއި އޮފީސް އިމާރާތުގެ މަސައްކަތް ހަވާލުކުރީ 210 ދުވަހުގެ ތެރޭގައި ނިންމާގޮތަށް، ފައިމި ކޮންސްޓްރަކްޝަނާއެވެ. އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްޑީ ފަތުހުﷲ އާދަމެވެ.

ކުމުންދޫގައި އަލަށް އިމާރާތްކުރާ އިންޖީނުގޭގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ވަލީދު ކޮންސްޓްރަކްޝަން އާއެވެ. އެ މަސައްކަތް 270 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ޖެނެރަލް މެނޭޖަރު އަބްދުﷲ ވިޝާމެވެ.

comment ކޮމެންޓް