ކޮރޯނާއާ ގުޅިގެން ކުޑަކުދިން ކައިވެނިކުރާ ރޭޓް ވަރަށް ބޮޑަށް މަތިވެދާނެ ކަމަށް ލަފާކޮށްފި

ކުޑަކުދިންތަކެއް--

ކޮރޯނާއާ ގުޅިގެން ކުޑަކުދިން ކައިވެނިކުރާ ޜޭޓް ވަރަށް ބޮޑަށް މަތިވެދާނެ ކަމަށް އެކަމާ ދެކޮޅަށް މަސައްކަތްކުރާ ޗެރިޓީއެއް ކަމަށްވާ ސޭވް ދަ ޗިލްރަން އިން ބުނެފި އެވެ.

އެ ޗެރިޓީ އިން ބުނީ ކޮރޯނާ އާ ގުޅިގެން ކުޑަކުދިން ކައިވެނިކުރާ ނިސްބަތް އިތުރުވެ، ފާއިތުވި 25 އަހަރުގެ ތެރޭގައި އެކަން ހުއްޓުވަން ކުރި މަސައްކަތް އަލުން ބަލަން ފަށަން ޖެހޭ ހިސާބަށް ގޮސްދާނެ ކަމަށެވެ.

ސޭވް ދަ ޗިލްރަންގެ ޗައިލްޑް ޕްރޮޓެކްޝަން އެޑްވައިޒަރު ކެރަން ފްލެނަގަން ވިދާޅުވީ ފާއިތުވި 25 އަހަރުގެ ތެރޭގައި 78.6 މިލިއަން ކުޑަކުދިންގެ ކައިވެނި ހުއްޓުވައިފައިވާ ކަމަށެވެ.

އެ ޗެރިޓީއިން ބުނީ ކޮރޯނާއާ ގުޅިގެން ކުޑަކުދިން ފަގީރުވެ މަސައްކަތަށް ނުކުންނަން ޖެހި ނޫނީ ކައިވެނިކުރަން ޖެހިދާނެ ކަމަށެވެ.

އެހެންކަމުން ކުޑަކުދިން ކައިވެނިކުރުމާއި ދެ ޖިންސްގެ ހަމަހަމަކަމަށް މަސައްކަތްކުރުމަށް އިތުރަށް ފަންޑު ހޯދައިދިނުމަށް އެ ޗެރިޓީން ވަނީ ގޮވާލައިފަ އެވެ.

އުމުރު ހަމަނުވާ، އަހަރަކު 12 މިލިއަން އަންހެން ކުޑަކުދިން މިހާރު ވެސް ކައިވެނިކުރާ ކަމަަށާއި އަދި ކުރިއަށް އޮތް އަހަރުތަކުގައި އެ އަދަދު ވަރަށް ބޮޑަށް އިތުުރުވެގެންދާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

އަދި އެކަމަށް އެކަށީގެންވާ ގޮތެއްގައި ފިޔަވަޅެއް ނޭޅިއްޖެނަމަ 2025 އަންނައިރު 61 މިލިއަން ކުޑަކުދިން ކައިވެނިކުރާނެކަމަށް ބެލެވޭކަމަށް ވަނީ ބުނެފައެވެ.-- ބީބީސީ

comment ކޮމެންޓް