އެހެނަސްގެ ނިމުން ކުލަގަދަކޮށް ފާހަގަކޮށްފި، ޓީމަށް ސާބަސް!

އެހެނަސް ގެ ޓީމު--

މިދިޔަ އަހަރު ޖުލައި މަހުގެ 16 ވަނަ ދުވަހު ރިލީޒްކުރި ވެބް ސީރީޒް "އެހެނަސް" ކާމިޔާބުކަމާއެކީ ނިންމާލައިފި އެވެ.

ވާހަކަ ލިޔުންތެރިޔާ އަހްމަދު އިގްބާލް (އައިކިއު)ގެ ވާހަކަ "އެހެނަސް ހަމަ ލޯބިވޭ"ގެ މައްޗަށް ތައްޔާރުކޮށްފައިވާ ވަރުގަދަ ސީރީޒް އެހެނަސް އަކީ ބުލީ ކުރުމަށް މީހުން ހޭލުންތެރި ކުރުވުމުގެ މަގްސަދުގައި ރަވީ ފާރޫގް ޑައިރެކްޓްކޮށްފައިވާ ސީރީޒެކެވެ.

މިދިޔަ އަހަރު އެ ސީރީޒްގެ ފަސް އެޕިސޯޑު އޮލިމްޕަހުގައި ދެއްކިއިރު ބެލުންތެރިން އެ ބެލީ ނުހަނު ޝައުގުވެރިކަމާއެކުގަ އެވެ. ދެން ވާނީ ކިހިނެއްތޯ ބެލުމަށް ކެތްމަދުވެފައި ހާލު ސީރީޒް ބަލަމުން ގެންދިޔައިރު ލޮލުން ކަރުނަ ފޭބި އެވެ. އެހެނަސް ދެ ސީޒަނަކަށް ބަހާލައިގެން ގެނެސްދީފައިވާރު ފަހު އެޕިސޯޑު ގެނެސްދިނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރެ އެވެ.

އާންމުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދި އެހެނަސް ކާމިޔާބުކަމާ އެކު ނިންމާލިއިރު އެހެނަސްގެ ޓީމުން ވަނީ އެކަން ފާހަގަކޮށްފަ އެވެ.

އެހެނަސް އިން ފެނިގެން ދިޔަ ތަރިން---

އެހެނަސް އާ ގުޅޭ ގޮތުން ބެލުންތެރިއަކު ބުނީ އެ ސީރީޒް އަކީ އަދުގެ މުޖުތަމައުގެ ހާލަތު ވަރަށް ރަނގަޅަށް ދައްކުވައިދިން ހަމައެކަނި ސީރީޒް/ފިލްމަކީ އެހެނަސް ކަމަށެވެ. އަދި ދުނިޔޭގައި ތަފާތު މީހުން އުޅޭ ކަމާއި އެކަމަކީ މީހާ ބާކީކޮށް ނުލަންވީ ކަމެއްގެ އިތުރުން އެއްވެސް މީހެއްގެ ހަގީގަތް ނޭނގި ކުރެވޭ ތުހުމަތުތަކަށް ވަރަށް ރަނގަޅަށް އަލިއަޅުވާލާފައިވާކަމަށެވެ.

"އެހެނަސް އަކީ ހަމަ އިންސްޕިރޭޝަނެއް. ފެށުނީއްސުރެ ކޮންމެ އެޕިސޯޑެއް ބަލަމުން މިއައީ ބަލާހިތުން. ފަހު އެޕިސޯޑު ވަރަށް ކަމުދޭ. ވަރަށް ސަޅި. މުޖުމަތައުއަށް ވަރަށް އިބުރަތްތެރި މެސެޖެއް ލިބިގެންދިޔަ. ހަމަ ވަރުގަދަ ސީރީޒެއް މިއީ،"

ސީރީޒްއާ ގުޅޭ ގޮތުން އައިކިއު ބުނީ މިއީ އަދި ފެށުމެއް ކަމަށާއި އެހެނަސްގެ ދަތުރު ކުރިއަށް ގެންގޮސްދިނީ ސީރީޒް ބެލި ބެލުންތެރިން ކަމަށެވެ. އިބްރަތެއް ހާސިލްކޮށް އެކަންތައް ދިރިއުޅުމަށް އެޕްލައިކޮށް ހިއްވަރާއެކު ކަންކަމާ ކުރިމަތިލާ ބަޔަކު ފެންނާނެ ކޮންމެ ފަހަރަކީ އެހެނަސްގެ ކާމިޔާބީ ފެނިގެންދާނެ ވަގުތެއް ކަމަށްވެސް އައިކިޔުން ބުންޏެވެ.

ވާހަކައިގެ އަސަރު ސީރީޒުން ހަމަ ރަނގަޅަށް ވެސް އެންމެންނަށް ކުރުވިއެވެ. ރަނޑު ފިރިހެން ކުއްޖެއްގެ ހަޔާތަށް ތައްޔާރުކޮށްފައިވާ އެ ސީރީޒްގެ ލީޑް ތަރިއަކީ ވިޝާލް (ނިޔާޒް)އެވެ. ސީރީޒްގައި ފެނިގެންދިޔަ ހުރިހާ ތަރިންގެ އެކްޓިން އަށް އައްސަރިބަހާ ސާބަހެވެ.

comment ކޮމެންޓް