އިންޖީނު ހުއްޓިގެން ލޯންޗެއް ފަރަށް އަރައިފި

ސުވެނިއާ-17 ލޯންޗު، ވެލައްސަރު ރިސޯޓުގެ ފަރަށް އަރާފައި-- ފޮޓޯ/އެމްއެންޑީއެފް

އދ. ހަނިފަރުން ފުރައިގެން ކ. ތިލަފުށްޓަށް ދަތުރުކުރަމުންދިޔަ 'ސުވެނިއާ-17' ލޯންޗު ފަރަށް އަރައިގެން ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފި އެވެ.

އެމްއެންޑީއެފްއިން ބުނީ އެ ލޯންޗު ވެލައްސަރު ރިސޯޓުގެ ފަރަށް އެރިކަމުގެ ރިޕޯޓު ލިބުނީ މިރޭ 19:25 ހާއިރު ކަމަށެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ ލޯންޗުގެ ތެޔޮ ހުސްވެ، އިންޖީނު ހުއްޓިގެން ކަމަށް އެމްއެންޑީއެފްއިން ބުނެ އެވެ.

ހާދިސާ ހިނގި ވަގުތު ލޯންޗުގައި ތިބީ ތިން މީހުންނެވެ. މި ހާދިސާގައި މީހަކަށް އަނިޔާ ލިބުނު ކަމުގެ މައުލޫމާތު އަދި މިހާތަނަށް ލިބިފައިނުވެ އެވެ.

comment ކޮމެންޓް