ގްރީސް ކައިރިން ގޭހާއި ތެޔޮ ހޯދަން ކުރާ މަސައްކަތްތައް ތުރުކީން މަޑުޖައްސާލައިފި

ގްރީސްކައިރިިން ތެލާއި ގޭސް ހޯދުމުގައި ސާވޭ ކުރުުމުގައި ތުުރުކީން ބޭނުންކުރި އުޅަނދު--

ގްރީސް ކައިރިން ގޭހާއި ތެޔޮ ހޯދަން ކުރާ މަސައްކަތްތައް ތުރުކީން މަޑުޖައްސާލައިފި އެވެ.

އެގޮތުން ގްރީސް ކައިރިން ތެލާއި ގޭސް ހޯދުމަށް ތުރުކީން ބޭނުންކުރި އުޅަނދު މިހާރު ވަނީ އަނބުރާ ތުރުކީގެ ސަރަހައްދަށް ގެންގޮސްފަ އެވެ. އެކަމަށް ގްރީސް އިން ވަނީ މަރުހަބާ ކިޔައިފަ އެވެ.

ގްރީސްގެ ސަރަހައްދުން ތެލާއި ގޭސް ހޯދަން އުޅޭތީ އެގައުމުން ދަނީ ވަރަށް ބޮޑަށް ކުށްވެރިކުރަމުންނެވެ. އެ މަސައްކަތައްް ގްރީސްއިން ހުރަސް އަަޅަން އުޅުމުން ތުރުކީން މީގެ ކުރިން ހަނގުރާމަމަތީ މަނަވަރެއް ވެސް އެ ސަރަހައްދަށް ފޮނުވި އެވެ.

ދާދި ފަހުން ތުުރުކީން ވަނީ ބްލެކްސީ ސަރަހައްދުން ބޮޑު ގޭސްވަޅެއް ހޯދައިފަ އެވެ.

ތުރުކީގެ ރައީސް ތައްތިބް އުރުދުއާން ވިދާޅުވީ އުޅަނދު އަނބުރާ ގެނައީ ޑިޕްލޮމަސީ ބޭނުންކޮށްގެން މައްސަލަ ހައްލުކުރުމުގެ ގޮތުން ކަމަށެވެެ.

އެ މައްސަލަ ހޫނުވެ ޔޫރަޕިއަން ޔޫނިއަންގައި ތުރުކީއަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅިދާނެތޯ ބެލުމަށް މިމަހު 24 އިން 25 އަށް ވަނީ ސަމިޓެއް ވެސް ބާއްވަން ތާވަލްކޮށްފަ އެވެ.

އެ މައްސަލާގައި ވާހަކަ ދައްކަން އިތުރު ވަގުތު ބޭނުންވާ ކަމަށް ޖަރުމަނުން ވަނީ ބުނެފަ އެވެ. ނަމަވެސް ފްރާންސްއާއި ގްރީސް އަދި ސައިޕްރަސް އިން ވަނީ ތުރުކީއަށް އަދަބުދޭން ގޮވާލައިފަ އެވެ.-- ރޮއިޓާސް

comment ކޮމެންޓް