ދަރިވަރުން އެދުނު ގޮތަށް މެލޭޝިޔާ ފްލައިޓް ފަސްކޮށްދީފި

މޯލްޑިވިއަންގެ ފްލައިޓެއް --- ސަން ފޮޓޯ: ފަރީޙާ އަބްދުﷲ

މި މަހުގެ 10 ވަނަ ދުވަހު މެލޭޝިޔާއަށް ބާއްވަން ހަމަޖެއްސި ހާއްސަ ފްލައިޓް މި މަހުގެ 20 ވަނަ ދުވަހަށް ފަސްކޮށްފިއެވެ.

މެލޭޝިއާގައި ދިވެހި ގިނަ ދަރިވަރުންތަކެެއް މަތީ ތައުލީމު ހާސިލް ކުރަމުންދާއިރު، ކޮވިޑް19 ގެ ހާލަތާ ގުޅިގެން ގިނަ އަދަދެއްގެ ދަރިވަރުން ވަނީ ރާއްޖެ އައިސްފައެވެ.

ނަމަވެސް މެލޭޝިއާގެ އެތެރޭގެ ހާލަތު ހަމައަކަށް އެޅެން ފަށާފައިވާއިރު ސްކޫލު ޔުނިވާސިޓީތަކުގެ ކިޔެވުން ފެށުމަށް ވަނީ ތައްޔާރުވެފައެވެ.

އެއާއެކު ދަރިވަރުން އަނބުރާ އެ ގައުމަށް ދާން ވަނީ ފަށައިފައެވެ.

ކުދިން އަނބުރާ ގެންދިއުމަށް މޯލްޑިވިއަން އިން މި މަހުގެ 10 ވަނަ ދުވަހަށް ހާއްސަ ފްލައިޓެއް ހަމަޖެއްސިއެވެ. ނަމަވެސް އެކަމާ ގުޅިގެން ގިނަ ދަރިވަރުންނާއި ބެލެނިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އަދި ފްލައިޓް ފަސްކޮށްދިނުމަށް ގިނަ ދަރިވަރުން ވަނީ އެދިފައެވެ.

މޯލްޑިވިއަން އިން މިއަދު ބުނީ، ދަރިވަރުން އެދުނު ގޮތަށް މިހާރު ފްލައިޓް ފަސްކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އެ ފްލައިޓް ބާއްވާނީ މި މަހުގެ 20 ގައި ކަމަށް މޯލްޑިވިއަން އިން ބުންޏެވެ.

މި ފްލައިޓުގެ އެއްކޮޅު ޓިކެޓެއްގެ އަގަކީ 385 ޑޮލަރެވެ. މެލޭޝިއާ އަށް ދާ މީހުންގެ ތެރެއިން 14 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރަންޖެހޭ މީހުން، ކަރަންޓީނުގެ ހަރަދު ކުރަންޖެހޭނީ އަމިއްލަ އަށެވެ.

comment ކޮމެންޓް