އިއްލެގެ "ނީނާ" ދައްކާނީ އަންނަ އަހަރު!

ނީނާ ޓީޒާގެ މަންޒަރެއްގައި ނުޒޫ--

އާންމުންގެ މެދުގައި މަގްބޫލުވެގެން ދިޔަ ފިލްމު "ބަވަތި"ގެ ކާމީޔާބީއަށް ފަހު ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ނެރޭ ދެވަނަ ފިލްމު "ނީނާ" އަންނަ އަހަރު ރިލީޒްކުރާ ގޮތަށް ނިންމައިފިއެވެ.

މި ފިލްމު އެންމެ ފުރަތަމަ ރިލީޒްކުރަން މަސައްކަތްކުރީ މިއަހަރުއެވެ. ނަމަވެސް ކޮވިޑް-19 އާ ގުޅިގެން ސިނަމާތައް ބަންދުކުރުމާ ގުޅިގެން ފިލްމު އެޅުވޭގޮތް ނުވީއެވެ. ނީނާގެ ޓީޒާ މިދިޔަ މަހު ދައްކާލިއިރު އެ ޓީޒާއަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. މި ފިލްމަކީ ނުޒުހަތު ޝުއައިބުއާއި އަލަށް ތަޢާރަފްވާ ޝަރަފް އަބްދުﷲ ލީޑު ރޯލުން ފެނިގެންދާ ފިލްމެކެވެ. ނުޒޫގެ ތަފާތު ގިނަ ލުކްތަކެއް މި ފިލްމުގައި ފެނިގެންދާކަން ޓީޒާއިން ވެސް އެނގިހާމަވެއެވެ.

ނީނާގެ މަންޒަރުތައް ޝޫޓްކުރުމުގެ ކުރިން ނުޒޫ ވަނީ ހާއްސަ ޓްރެއިނިންތަކެއް ވެސް ހަދާފައެވެ. ފިލްމުގައި ކުރީގެ ފިލްމީ ތަރި ވެޓަރަން އެކްޓްރެސް، މަރިޔަމް ރަޝީދާ ފިލްމުގެ ކާސްޓުންގެ ތެރޭގައި ހިމެނިފައިވެއެވެ. އިތުރު ކާސްޓުންގެ ތެރޭގައި ހަމްދޫން ފާރޫގު، އަލީ ޔޫޝައު، އަލީ އިނާޒް، ހަސަން ޝިނާން، އިބްރާހީމް ޝާއިފް، ހުސައިން ޝާމިހު މުހައްމަދު، ނަތާޝާ ޖަލީލް، އައިޝާ އަލީގެ އިތުރުން މަރިޔަމް ޝަކީލާ އާދަމް ހިމެނެ އެވެ.

"ނީނާ"ގެ މީޑިއާ ޕާޓްނަރަކީ ސަން މީޑިއާއެވެ.

comment ކޮމެންޓް