މެލޭޝިއާއަށް މޯލްޑިވިއަންގެ ހާއްސަ ފްލައިޓެއް

މޯލްޑިވިއަންގެ ފްލައިޓެއް --- ސަން ފޮޓޯ: ފަރީޙާ އަބްދުﷲ

މޯލްޑިވިއަންގެ ހާއްސަ ފްލައިޓެއް މެލޭޝިއާ އަށް ބާއްވަން ނިންމައިފިއެވެ.

މޯލްޑިވިއަން އިން ބުނީ އަންނަ މަހުގެ 10 ގައި މެލޭޝިއާ އަށް ބާއްވާ މި ފްލައިޓުގެ ޓިކެޓު ބުކް ކުރަން މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

މި ފްލައިޓުގެ އެއްކޮޅު ޓިކެޓެއްގެ އަގަކީ 385 ޑޮލަރެވެ.

މެލޭޝިއާގައި ދިވެހި ގިނަ ދަރިވަރުންތަކެެއް މަތީ ތައުލީމު ހާސިލް ކުރަމުންދާއިރު، ކޮވިޑް19 ގެ ހާލަތާ ގުޅިގެން ގިނަ އަދަދެއްގެ ދަރިވަރުން ވަނީ ރާއްޖެ އައިސްފައެވެ.

ނަމަވެސް މެލޭޝިއާގެ އެތެރޭގެ ހާލަތު ހަމައަކަށް އެޅެން ފަށާފައިވާއިރު ސްކޫލު ޔުނިވާސިޓީތަކުގެ ކިޔެވުން ފެށުމަށް ވަނީ ތައްޔާރުވެފައެވެ.

މެލޭޝިއާ އަށް ދާ މީހުންގެ ތެރެއިން 14 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރަންޖެހޭ މީހުން، ކަރަންޓީނުގެ ހަރަދު ކުރަންޖެހޭނީ އަމިއްލަ އަށެވެ.

comment ކޮމެންޓް