އައިޖީއެމްއެޗްގައި ސްޓްރޯކަށް ފަރުވާދޭ ސެންޓަރެއް ހުޅުވައިފި

މެއި 14، 2020: އައިޖީއެމްއެޗް ހޮސްޕިޓަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސްޓްރޯކު ޖެހިގެން ހޮސްޕިޓަލަށް ގެންދާ ބަލިމީހުންނަށް ހާއްސަ ސެންޓަރެއް އައިޖީއެމްއެޗުގައި ހުޅުވައިފި އެވެ.

އެ ހޮސްޕިޓަލުން ބުނީ ހަ އެނދުގެ މި ސެންޓަރަކީ 24 ގަޑިއިރު ހިދުމަތްދޭނެ ސެންޓަރެއް ކަމަށެވެ. މި ސެންޓަރުގެ ދެ އެނދު ވެންޓިލޭޓަރުގައި ފަރުވާދޭންޖެހޭ ބަލިމީހުންނަށް ވަނީ ހާއްސަކޮށްފަ އެވެ.

މި ސެންޓަރަކީ ސްޓްރޯކް ޖެހިގެން ހޮސްޕިޓަލަށް ގެންދާ ބަލިމީހުންނަށް އަވަސް ފަރުވާ ދިނުމަށް ގާއިމް ކުރި ސެންޓަރެކެވެ. ސްޓްރޯކު ޖެހިގެން އެނދުމަތި ކުރެވޭ ބަލިމީހުންނަށް އަވަސް ފަރުވާ ދިނުމަކީ ސްޓްރޯކުގެ ސަބަބުން ފުރާނައަށް ނުރައްކާވާމިންވަރު ކުޑަވެ، ސްޓްރޯކަށް ފަހު ނުކުޅެދުންތެރިކަމެއް އުފެދުމުގެ ފުރުސަތު ނިސްބަތުން ދަށްވާނެ ކަމެއް ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

މި ސެންޓަރުގެ ސަބަބުން މިފަދަ ބަލި މީހުންގެ ހާލަތު ކުރިއަށްވުރެ ގާތުުން ބެލި، ސްޓްރޯކަށްފަހު އާންމު ދުރުއުޅުމުގެ ހާލަތަށް ރުޖޫއަވުމަށް ބޭނުންވާނެ ފިޒިއޮތެރަޕީ އާއި ސްޕީޗް ތެރަޕީ އަދި އޮކިޔުޕޭޝަނަލް ތެރަޕީ ފަދަ ހިދުމަތްތައް މި ސެންޓަރުން ފޯރުކޮށްދޭނެ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

މިއީ އެޑްވާންސްޑް ސްރޯކް ސެންޓަރެއް ގާއިމް ކުރުމުގެ ފުރަތަމަ ފިޔަވަޅު ކަމަށްވެސް އައިޖީއެމްއެޗުން ބުންޏެވެ.

comment ކޮމެންޓް