ނޯރާ ފަތެހީގެ ފޮލޯވަރުންގެ އަދަދު 15 މިލިއަނަށް

އިންސްޓަގްރާމުގައި 15 މިލިއަން ހަމަވުމާއެކު ނޯރާ ދޫކޮށްލި ފޮޓޯ--

ބޮލީވުޑްގެ ކުޅަދާނަ ނެށުންތެރިޔާ ނޯރާ ފަތެހީ އޭނާގެ އިންސްޓަގްރާމަށް 15 މިލިއަން ފޮލޯވަރުން ލިބިއްޖެ އެވެ.

އޭނާ އަށް އިންސްޓަގްރާމުން 15 މިލިއަން ފޮލޯވަރުން ލިބުމާ ގުޅިގެން އޭނާ ވަނީ އިންސްޓަގްރާމުގައި ޕޯސްޓެއް ވެސް ކޮށްފައެވެ. އިންސްޓަގްރާމުގައި ނޯރާއަށް 15 ފޮލޯވަރުން ހަމަވުމާއެކު އޭނާ އަންނަނީ ފޭނުންނަށް ޝުކުރުއަދާކުރަމުންނެވެ. އޭނާ ވަނީ ފޭނުންނަށް ޝުކުރު އަދާކުރުމުގެ ގޮތުން ކުރު ވީޑިއޯ ކުލިޕެއްވެސް ހިއްސާކޮށްފަ އެވެ.

އާންމުންގެ މެދުގައި ނޯރާ މަގްބޫލް ވެގެންދިޔައީ "ދިލްބަރު" ލަވައިންނެވެ. އެ ލަވައަށްފަހު އޭނާ އަންނަނީ ގިނަ ފިލްމުތަކެއްގައި އޭނާގެ ނެށުމުގެ ހުނަރު ދައްކަމުންނެވެ. ނޯރާ ވަނީ ވަރުން ދަވަން އާއި ޝްރައްދާ ކަޕޫރާއެކު "ސްޓްރީޓް ޑާންސާ" ގައި ހަރަކާތްތެރިވެފަ އެވެ.

comment ކޮމެންޓް