އަލިފާން ރޯވި ދޯނިން ގެއްލުނު މީހާ މަރުވެފައި އޮއްވާ ފެނިއްޖެ

ރޯވި އަލިފާންގަޑު ނިއްވާލުމަށް އެމްއެންޑީއެފް --

ލ. ގަމު ތުނޑި އާ ދިމާލުން ދަތުރު ކުރި ދޯންޏެއްގައި ރޯވެ އަޑިއަށް ގޮސް، ގެއްލުނު މީހާ މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

އެ ދޯނިން ދަތުރު ކުރި ބިދޭސީއަކު ގެއްލިގެން އޭނަ ހޯދުމުގެ މަސައްކަތް ސިފައިން ފެށީ މިއަދު 3:00 އެހައިކަންހާއިރުއެވެ.

އޭނާ މަރުވެފައި އޮއްވާ ފެނުނީ ކަނޑުގެ 48 މީޓަރު އަޑިން ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

އެމްއެންޑީއެފް އިން ބުނީ އަލިފާން ރޯވެފައި ވަނީ ވިންދު ނަމަކަށް ކިޔާ ކާގޯ ދޯންޏެއްގައި ކަމަށެވެ.

ދޯނީގައި ތިބީ ދިވެއްސަކާއި ނުވަ ބިދޭސިން ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.

ދޯނީގައި ރޯވި އަލިފާންގަނޑު މިހާރު ކޮންޓްރޯލު ކުރެވިފައިވާ ކަމަށާއި އަލިފާން ރޯވުމުގެ ސަބަބުން ދޯންޏަށް ބޮޑެތި ގެއްލުންވެފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

comment ކޮމެންޓް