ބޮބީ ޑިއޯލްގެ "ކްލާސް އޮފް 83" މި މަހު ދައްކަނީ

ފިލްމުގެ ޕޯސްޓަރެއް--

ބޮލީވުޑްގެ އެކްޓަރު ބޮބީ ޑިއޯލް ލީޑު ރޯލުން ފެނިގެންދާ ފިލްމު "ކްލާސް އޮފް 83"ގެ ޓްރެއިލާ ދައްކާލައި ފިލްމު ރިލީޒްކުރާ ދުވަސް އިއުލާންކޮށްފި އެވެ.

ޝާހްރުކްޚާންގެ ރެޑް ޗިލީސް އެންޓަޓެއިންމަންޓުން ޕްރޮޑިއުސްކުރާ މި ފިލްމު ރިލީޒްކުރާނީ މި މަހު 21 ވަނަ ދުވަހު ނެޓްފްލިކްސްގަ އެވެ. ބޮބީ ފުލުސް އޮފީހެއްގެ ރޯލުން ފެނިގެންދާ މި ފިލްމަކީ އިންޑިއާގެ ލިޔުންތެރިޔާ ގެ ލިޔުންތެރިޔާ ހުސައިން ޒައިދީ ގެނެސްދިން ވާހަކަ އަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. ފިލްމުގެ ޓްރެއިލާ އާންމުކުރިއިރު ވަނީ ފިލްމުގެ ރަސްމީ ޕޯސްޓަރުވެސް އާންމުކޮށްފަ އެވެ.

އަތުލް ސަބަރްވާލްގެ ޑައިރެކްޝަނުގެ ދަށުން ތައްޔާރުކޮށްފައިވާ މި ފިލްމުގައި ބޮބީގެ އިތުރުން ހަރަކާތްތެރިވާނެ ބައެއްް ތަރިންނަކީ އަނުޕް ސޯނީ، ޖޯނީ ސެންގުޕްތާ އަދި ހިތޭޝް ބޯރާޖް އެވެ.

comment ކޮމެންޓް