ޑަބްލިއުއެޗްއޯ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ޕޮޒިޓިވް ވެއްޖެ

ޑރ. އަރްވިންދު މާތުރު -- ސަންފޮޓޯ / އަހްމަދު ސައީދު

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ ޑަބްލިޔުއެޗްއޯ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ޑރ. އަރްވިންދު މާތުރު ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ޑރ. އަރުވިންދު ކޮވިޑަށް ޕޮޒިޓިވްވިކަން އިތުބާރު ހުރި މަސްދަރަކުން "ސަން" އަށް ވަނީ ކަށަވަރުކޮށްދީފައެވެ.

މިކަމާ ގުޅޭގޮތުން އެޗްޕީއޭ އިން ބުނީ ޕޮޒިޓިވްވާ މީހުންގެ ޒާތީ މައުލޫމާތު މީޑިއާ އާ ހިއްސާ ނުކުރާ ކަމަށެވެ.

ރާއްޖެއިން މިހާތަނަށް 4,594 މީހުން ވަނީ ކޮވިޑް19 އަށް ޕޮޒިޓިވް ވެފައެވެ.

މިހާރު ރާއްޖޭގައި ބައްޔަށް ފަރުވާދެމުންދަނީ 1،869 މީހުންނަށެވެ. މީގެ ތެރެއިން 110 މީހުންނަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެނެވެ.

ރާއްޖޭގައި ކޮވިޑު ޖެހިގެން 19 މީހަކު މިހާތަނަށް ވަނީ މަރުވެފައެވެ.

comment ކޮމެންޓް