ކޮޑެކް އިން ކެމެރާ ވިޔަފާރި ދޫކޮށް ކޮވިޑް ބޭހެއް ހޯދުމަށް

ކެމެރާ އާއި ކެމެރާ އާއި ގުޅުންހުރި ސާމާނު އުފައްދާ ކޮޑެކް އިން އެ ވިޔަފާރި ދޫކޮށް ކޮވިޑް19 އަށް ބޭހެއް ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

މީގެ ކުރިން ކެމެރާ ވިޔަފާރީގެ އެންމެ ކުރީ ސަފުގައި ގުނާލެވުނު ކޮޑެކްގެ ވިޔަފާރި ދަށްވެ، މާކެޓުން ގެއްލުނުތާ ވަނީ އަހަރުތަކެއް ވެފަ އެވެ. ނަމަވެސް ކެމެރާ ވިޔަފާރީގެ ބަދަލުގައި އެމީހުންގެ އަމާޒު ކޮވިޑަށް ބޭހެއް ހޯދުމަށް އަނބުރާލި ފަހުން އެމެރިކާ ސަރުކާރުން 765 މިލިއަން ޑޮލަރުގެ ލޯނެއްވެސް އެ މަސައްކަތަށް ވަނީ ލިބިފަ އެވެ.

އެމެރިކާ ސަރުކާރުން ބުނެފައިވަނީ ބައްޔަށް ބޭހެއް ހޯދުމަށް ކުރާ މަސައްކަތުގައި އެހެން ގައުމުތަކަށް ބަރޯސާވުން ކުޑަކުރަން ބޭނުންވާ ކަމަށެވެ.

ކޮޑެކްގެ މަސައްކަތް ބަދަލުކޮށް ބޭހެއް ހޯދުމަށް މަސައްކަތް ކުރާކަން އިއުލާނުކުރިފަހުން އެ ކުންފުނީގެ ހިއްސާގެ އަގުވެސް ވަނީ އުފުލިފަ އެވެ.

ކޮވިޑް19 އަށް ބެހެއް ހޯދުމަށާއި ވެކްސިނެއް ތައްޔާރު ކުރުމުގެ ވާދަވެރި ރޭހުގައި ފަމަސޫޓިކަލް ކުންފުނިތަކުން ދަނީ ވާދަވެރި ބުރަ މަސައްކަތެއް ކުރަމުންނެވެ.

ކޮޑެކް ފާމަސޫޓިކަލްސްގެ ނަމުގައި ކޮޑެކް އިން ބެހެއް ހޯދުމުގެ މަސައްކަތް ފަށާފައިވާއިރު، ބޭހެއް ހޯދުނު ނަމަވެސް ލާޖް ސްކޭލްގައި ބޭސް އުފެއްދުމަށް ތިނެއް ނުވަތަ ހަތަރު އަހަރު ނަގާނެ ކަމަށް ކޮޑެކް އިން ލަފާކުރެއެވެ.

ކޮޑެކް އިން ފާމަސޫޓިކަލް ވިޔަފާރިއަށް ވަދެފަިވާއިރު ޖަޕާނުގެ ކެމެރާ ކުންފުނި ފުޖިފިލްމް އިންވެސް ދަނީ ކޮވިޑް19 އަށް ވެކްސިނެއް ހޯދުމުގެ މަސައްކަތުގައި ހިއްސާވަމުންނެވެ.

comment ކޮމެންޓް