އައިޖީއެމްއެޗުން ހެދި ކޮވިޑް ޓެސްޓް ބައި ލައްކައަށްވުރެ މައްޗަށް

އައިޖީއެމްއެޗް ހޮސްޕިޓަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައިޖީއެމްއެޗުން ހެދި ކޮވިޑް ޕީސީއާރު ޓެސްޓު ބައި ލައްކައަށްވުރެ މައްޗަށް އަރާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

ޕީސީއާރު ޓެސްޓަކީ، މީހެއްގެ ގައިގައި ކޮވިޑް ވައިރަސް ހުރިތޯ ޔަގީން ކުރުމަށްޓަކައި އެންމެ އަވަހަށް ދެނެގަނެވޭ ޓެސްޓެވެ.

އައިޖީއެމްއެޗުން މިރޭ ކުރި ޓްވީޓެއްގައި ބުނީ، މިއަދު މިހާތަނަށް އެ ހޮސްޕިޓަލުން ވަރަށް ކާމިޔާބުކަމާއެކު 50،000 އަށް ވުރެ ގިނަ ޕީސީއާރު ޓެސްޓު ހަދާފައިވާ ކަމަށެވެ.

ޕީސީއާރު ޓެސްޓު ހެދުމަށް ސާމްޕަލް ނަގަނީ، މީހެއްގެ ކަރު ބުޑުން ނުތަވަ ނޭފަތުގެ ތެރެއިންނެވެ.

މިހާރު ރާއްޖޭގައި އެވްރޭޖްކޮށް ދުވާލެއްގެ މައްޗަށް 750 ސާމްޕަލް ހެދޭ ކަމަށް އެޗްޕީއޭއިން މީގެ ކުރިން ވަނީ ބުނެފައެވެ.

އައިޖީއޭމްއެޗްގެ އިތުރުން މާލެއިން ދެން ޓެސްޓު ކުރެވެނީ، ފުލުހުންގެ ލެބާއި އޭޑީކޭއިންނެވެ. މީގެ އިތުރު އައްޑޫ ސީޓީއާ ކުޅުދުއްފުށީގައިވެސް ވަނީ ޓެސްޓު ކުރުމުގެ އިމްތިޒާމް ހަމަޖައްސާފައެވެ. އަދި ރާއްޖޭގެ ފަސް ސަރަހައްދެއްގައި ކޮވިޑަށް ޓެސްޓު ކުރެވި، ބައިޔަށް ފަރުވާ ދިނުމުގެ އިމްތިޒާމް އެޗްޕީއޭ އިން ދަނީ ކުރަމުންނެވެ. އެ ތަންތަނުުގައި ހަފްތާއެއްހާ ތެރޭ ހިދުމަތް ދެވޭނެ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

comment ކޮމެންޓް