ލޮޓަސް އިން ހެޔޮއަގުގައި ހޭންޑް ސެނިޓައިޒާ

ލޮޓަސް ފިހާރައިން ހެޔޮ އަގުގައި ހޭންޑް ސެނިޓައިޒާ ވިއްކަން ނިންމާފައި ---

އާންމުންނަށް ހެޔޮ އަގުގައި ހޭންޑް ސެނިޓައިޒާ ލިބޭނެ ގޮތް ފަހިކޮށް ލޮޓަސް ފިހާރަ އިން ދެ ބްރޭންޑެއްގެ ހޭންޑް ސެނިޓައިޒާ ތައާރަފު ކުރަން ނިންމައިފި އެވެ.

ކޮވިޑް19ގެ ހާލަތުގައި އަތް ދޮވެ، އަތް ސާފުކޮށް ސެނިޓައިޒް ކުރުމަށް ބާރުއަޅަމުންދާ މި ދަނޑިވަޅުގައި ރަނގަޅު ކޮލެޓީގެ ހޭންޑް ސެނިޓައިޒާ ބާޒާރުން ލިބުން ވަނީ ދަތިވެފަ އެވެ. މި ދަނޑިވަޅުގައި ފަސޭހައިން، ހެޔޮއަގުގައި ހޭންޑް ސެނިޓައިޒާ ލިބޭނެ ގޮތް ފަހިކޮށްދިނުމަށް ލޮޓަސް އިން ތައާރަފު ކުރަން ނިންމާފައި ވަނީ ޑިއަރ ބޮޑީ އަދި ރާގަރ ބްރޭންޑުގެ ސެނިޓައިޒާ އެވެ.

ލޮޓަސްގެ ޗެއާމަން އަހުމަދު އާރިފް ވަނީ ލޮޓަސް ފިހާރައިން ސެނިޓައިޒާ ވިއްކާނެ އަގުވެސް ޓްވިޓާގައި ހިއްސާ ކުރައްވައިފަ އެވެ.

އެގޮތުން ރާގާރ ސެނިޓައިޒާގެ 100 އެމްއެލް ފުޅިއެއްގެ ރީޓެއިލް އަގަކީ 15 ރުފިޔާ އެވެ. ދުއިސައްތަ އެމްއެލްގެ ފުޅިއެއް 26 ރުފިޔާ އަށް އަދި އެއް ލީޓަރު ފުޅިއެއް 125 ރުފިޔާ އަށް ވިއްކާއިރު ފަސް ލީޓަރު ހަމެއް ވިއްކާނީ 495 ރުފިޔާ އަށެވެ.

ލޮޓަސް ފިހާރައިން ހެޔޮ އަގުގައި ހޭންޑް ސެނިޓައިޒާ ވިއްކަން ނިންމާފައި ---

ޑިއަރ ބޮޑީގެ 50 އެމްއެލް ފުޅިއެއްގެ ރީޓެއިލް އަގަކީ 16 ރުފިޔާ އެވެ. 236 އެމްއެލް ފުޅިއެއްގެ އަގަކީ 32 ރުފިޔާ އެވެ. އަދި 500 އެމްއެލް ފުޅިއެއް ވިއްކާނީ 50 ރުފިޔާ އަށެވެ.

ލޮޓަސް އިން ބުނީ އަމާޒަކީ އަތްފޯރާ އަގެއްގައި ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ މުދަލާއި އެހެނިހެން ސާމާނު ފޯރުކޮށްދިނުން ކަމަށެވެ.

comment ކޮމެންޓް