ވައިރޯޅިއަށްވެސް ސިއްރުން ބައިސްކޯފަށް އަންނަނީ

ޑްރާމާގެ ތަރިން--

ޓީވީއެމް އިން ގެނެސްދިން ކާމިޔާބު ދިވެހި ޑްރާމާ ސިލްސިލާ "ވައިރޯޅިއަށްވެސް ސިއްރުން" ބައިސްކޯފުން ދައްކަން ނިންމައިފިއެވެ.

ބައިސްކޯފުން ބުނީ މި ޑްރާމާ ސްޓްރީމްކުރަން ފަށާނީ މި މަހު 14 ވަނަ ދުވަހު ކަމަށެވެ. ފިލްމީދާއިރާގެ ކުޅަދާނަ އެކްޓަރު އާރިފާ އިބްރާހިމް ޑައިރެކްޓްކުރި މި ޑްރާމާގެ ލީޑު ރޯލުން ފެނިގެންދިޔަ ތަރިންނަކީ ނިއުމާ މުހައްމަދު، އަހްމަދު އާސިމް އަދި ލުފްޝާން ޝަކީބް (ލޫއްޕެ)އެވެ. ވައިރޯޅިއައްވެސް ސިއްރުން އަކީ ބޮޑު ކާސްޓެއް އެކުލެވޭ ޑްރާމާއެކެވެ.

މި ޑްރާމާގައި ހަރަކާތްތެރިވާ ބައެއް ތަރިންގެ ތެރޭގައި ހަދީޖާ އިބްރާހީމް ދީދީ (ކުޑަ ހައްޖަ)، އާމިނަތު ރަޝީދާ (އައިންތު)، އަހްމަދު އަޒްމީލް (އަޒޭ)، އަލީ ޝަމީލް އަދި މަރިޔަމް ޝަކީލާ ފަދަ ތަރިން ހިމެނެއެވެ. މި ޑްރާމާއަކީ ދިވެހިންގެ މެދުގައި ވަރަށް ބޮޑަށް މަގްބޫލުވެގެންދިޔަ ޑްރާމާއެކެވެ.

ވައިރޯޅިއަށްވެސް ސިއްރުން ގެނެސްދޭން ނިންމިއިރު ޑްރާމާ ސިލްސިލާ ތިއޭ މި ހިތުގެ ވިންދަކީ މިހާރު އަންނަނީ ބައިސްކޯފުގައި ދައްކަމުންނެވެ.

comment ކޮމެންޓް