އެވިޑްގެ ސެޕްޓެމްބަރު އިންޓޭކަށް ހުޅުވާލައިފި

އެވިޑްގެ ސެޕްޓެމްބާ އިންޓޭކް އިއުލާނު ކުރުން -- ފޮޓޯ: އެވިޑް

ރާއްޖޭގައި ހިންގާ އެންމެ ބޮޑު އަމިއްލަ އެއްކޮލެޖު، އެވިޑް ކޮލެޖުން މިއަހަރުގެ ސެޕްޓެމްބަރުމަހު ފެށަން ނިންމާފައިވާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

"ދަރިވަރުންގެ ކޮލެޖް އެވިޑް ކޮލެޖް"ގެ ނަމުގައި އެވިޑްގެ ސެޕްޓެމްބަރު އިންޓޭކް އިއުލާންކޮށްދެއްވެވީ އެކޮލެޖްގެ ޗެއާމަން ޢަބްދުﷲ މުސްތާޤް ރަޝާދު، އެވިޑް ކޮލެޖްގެ ފޭސްބުކް އަދި ޔޫޓިއުބް މެދުވެރިކުރައްވައި ދެއްވި ވީޑިއޯ މެސެޖަކުންނެވެ.

އެވިޑް ކޮލެޖްގައި ކިޔެވުމަށް މިފަހަރު ހުޅުވާލާފައިވާ ދާއިރާތަކުގެތެރޭގައި އެޑިޔުކޭޝަން، ޓީޗިންގް، ބިޒްނަސް މެނޭޖެމެންޓް، ހިއުމަން ރިސޯރސް މެނޭޖެމެންޓް، ޕްރޮޖެކްޓް މެނޭޖްމެންޓް، ކައުންސެލިން، ސައިކޮލޮޖީ، ޝަރީޢާ އެންޑް އިސްލާމިކް ސްޓަޑީޒް ، އިންފޮރމޭޝަން ޓެކްނޮލޮޖީ، ހޮސްޕިޓަލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒް އަދި ގުރުއާން ހިމެނެއެވެ.

މިދާއިރާތަކުން ހިންގާ ކޯސްތަކުގެތެރޭގައި އެކިއެކި ސެޓްފިކެޓް ލެވެލްތަކާއި ފައުންޑޭޝަންގެ އިތުރުން ޑިޕްލޮމާ އަދި ފަސްޓް ޑިގްރީ އާއި މާސްޓަރސް ފެންވަރުގެ 60 އަށްވުރެ ގިނަ ކޯސް ހިމެނެއެވެ.

އެވިޑް ކޮލެޖްގެ ސެޕްޓެމްބަރު އިންޓޭކްގެ ކޯސްތަކާބެހޭ އިތުރު މަޢުލޫމާތު ހޯ އެވިޑް ކޮލެޖްގެ 7803228 ނަމްބަރުން ލިބޭނެއެވެ.

އެވިޑް ކޮލެޖްގައި މިހާރުވެސް 2000 އަށްވުރެ ގިނަދަރިވަރުން އެކިއެކި ފެންވަރުގެ ކޯސްތަކުގައި ކިޔަވަމުން ދެއެވެ.

comment ކޮމެންޓް