މާފުށީ ޖަލުގެ ގައިދީންތަކެއް ފެހި ފޭސް މާސްކުތަކެއް އެ ޖަލުން މާފުށީ ސްކޫލަށް ހަދިޔާކޮށްފިއެވެ.
މޯލްޑިވްސް ކަރެންޝަނަލް ސާވިސްއިން މިއަދު ބުނީ މާފުށި ޖަލުގެ ގައިދީން ފެހި 1000 ފޭސް މާސްކު މިއަދު މާފުށީ ސްކޫލަށް ހަދިޔާކޮށްފައިވާ ކަމަށެވެ.
މާސްކު ހަދިޔާކޮށްފައިވަނީ ކޮންމެ ދަރިވަރަކަށް ދެ މާސްކުގެ ނިސްބަތުން ކަމަށް ކަރެކްޝަންސްއިން ބުންޏެވެ.
މި މާސްކުތައް އެ ރަށުގެ ސްކޫލާ ހަވާލުކޮށްދެއްވީ މާފުށީ ޖަލުގެ ޑައިރެކްޓާ، އެސިސްޓަންޓް ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އަހުމަދު ރިޒާއެވެ.
މިރޭ ކުރެއްވި ޓްވީޓެއްގައި މި މާސްކުތައް ތައްޔާރު ކުރި ގައިދީންނަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ވަނީ ޝުކުރުއަދާކުރައްވައިފައެވެ.
ކޮވިޑް-19އަށް ފަހު ރާއްޖެ އާންމު ހާލަތާ ދިމާލަށް ދާއިރު، އަންނަ މަހު ސްކޫލުތަކުގެ ކިޔެވުން ފެށޭނެވެ. ދަރިވަރުން ސްކޫލަށް ފޮނުވާއިރު މާސްކާއެކީ ފޮނުވުމަށް އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ އެދިފައެވެ.