ހަމައެކަނި ހިތުގެ އިމޯ ޖަހާފައި އޭނަ ވައިބާގައި ސޭވްކޮށްފައި އިން ނަމްބަރުން ގުޅަން ފެށުމުން ހިތް ތެޅިގަތީ ބިރުގަންނަހާ ބާރަށެވެ.

"ނޯ..ޑޯންޓް ޓޭކް އާލިޔާ. އެއީ މިހާރު ފިރިމީހާއެއްނޫން. ހިލޭ މީހެއް. ވާހަކަދެއްކުމުގެ މާނައެއްނެތް..." އާލިޔާގެ ލޮލުން ކަރުނަތިއްކެއް ނިރައިލުމުން ފޯނުގެ ސްކްރީން ފުސްވިއެވެ. މެސެޖެއް އައުމުން ދެލޯ މަަރައިލެވުނީ އެމެސެޖް ނުބަލަންވެގެންނެވެ. އެކަމަކު ބަލައިނުލާ އޮންނާކަށް ހިތަށް ކުޅަދާނަނުވިއެވެ. ކަރުނަތަކުގެ ތެރެއިން ފަނޑުކޮށް އެކަތިގަނޑެއްހެން ފެންނާން ހުރި ލަފުޒުތައް ސާފުވާން ފެށިއެވެ.

"އާ ޔޫ އަޕް؟ " އޭނަ އުއްމީދުކުރި އަދި އިންތިޒާރު ކުރި ފަދަ ޖުމްލައެއް ނޫނެވެ.

"އަހަރެން ހޭލާ ހުއްޓަސް މާޒިންއަކާއި ވާހަކަދައްކާކަށް ނެތިން. ޔޫ ޓްރިކްޑް މީ އިންޓު މެރީން ޔޫ. ޑީލް ހަދައިގެން ކައިވެނި ކުރީމަ މިއީ ސައްހަ ކައިވެންޏަކަށް ނުވާނެ. ދެޓް ޓޫ ދަ ވޯސްޓް ޑީލް. އަރްސަން ޔޫޒް ކުރަން އަހަރެން ގެންދިޔައީ......" އާލިޔާ ވަގުތުން ދިން ޖަވާބުން މާޒިންގެ ހިތް ނުތަނަވަސްކުރިއެވެ. މާޒިން ގޮސް ހުއްޓުނީ ބެލްކަނީގައެވެ. އާލިޔާއަށް ނުނިދިގެން އޭނަވެސް އިނީ ހުރިހާ ބޮކިތަކެއް ދިއްލާލައިގެންނެވެ.

"އައިމް ސޮރީ އާލިޔާ. އެއީ ހަޔާތުގައި ހެދުނު އެންމެ ބޮޑު މިސްޓޭކް. ޓައިމް ޓްރެވެލްކޮށްފައި ދެވޭނެނަމަ މިހާރު އެޑީލްއަށް އެއްބަހެއްނުވާނަން. އާލިޔާ އަހަންނަށް މުޅިން އެހެން ނިއު ވޯލްޑް އެއް ދައްކުވާދީފި. އާލިޔާ ނެތި ދެން ދިރިއުޅުން އިމޭޖިން އެއް ނުކުރެވޭ......."މާޒިންގެ އެ ވާހަކަތަކަށް އާލިޔާގެ ޖަވާބެއް ނުލިބުނެވެ.

"މެރީ މީ އާލިޔާ. ދިސް ޓައިމް ފޯ ރިއަލް........" މާޒިން މެސެޖްކުރިއެވެ.

***

މިންކާ ހައިރާންވީ އެންމެން ސޯޝަލް މީޑިއާ އެކައުންޓްތައް ޑީއެކްޓިވޭޓްކުރަން ފެށިގޮތުންނެވެ. އެންމެ ފުރަތަމަ އަރްސަންއެވެ. ދެން ފެނުނީ މީރާގެ ހުރިހާ އެކައުންޓެއް ފޮހެލާފައި ހުއްޓައެވެ. ހުރިހާ ރީތި ފޮޓޯތަކަކާއި ހަނދާންތައް އެންމެންގެ އެކައުންޓްތަކުން ފޮހެވުނީއެވެ. މީރާގެ ރޫހު ކަށްވަޅުން ތެދުވެގެން އައިސް އެކަން ކޮށްލިފަދައެވެ. ޖެހިގެން އައި ދުވަހު މާޒިންވެސް އޭނަގެ އިންސްޓަގްރާމައި އެހެން އެކައުންޓްތަކުން ގިނަ ފޮޓޯތައް ފޮހެލައިފިއެވެ. މަދު ޕޯސްޓްތަކެއް ފިޔަވައެވެ. ދެން ހުރީ ރާހިލްއެވެ. އޭނަ މާ ކުރިން ފެށިގެން ދީނީ ޕޯސްޓްތަކާއި ފޮޓޯތަކެއްލާ މުޅި ވޯލް ދީނީކޮށް ލައިފިއެވެ.

"އެންމެންވެސް ހަދަންވީ މިހެން ކަން ނޭގޭ..."

މިންކާ މީރާގެ ކޮޓަރީގެ ދޮރުމަތީގައި ހުއްޓާ އާލިޔާ ސިޑިން އަރައިގެން އައެވެ. މޫނު ބުރުގާނެގިއެވެ. އަބާޔާވެސް ބޭލިއެވެ. އެތެރެއިން ލާފައި ހުރި ވިސްކޯސްފޮތީގެ ކަޅާއި ފިޔާތޮށިކުލައިގެ ހެދުމާއި ކަޅު ޖިންސާއި ނިކަން ގުޅެއެވެ.

"އީދު ހެދުމެއްތަ؟ ހާދަ ނަލައޭ....."

"ޔޫކޭގައި އުޅުނުއިރު ލިބުނު ހަދިޔާއެއް.."

"މާޒިން ދޯ. ވަރަށް ގުޅޭ...."

"ބައްޕަ އިންވައިޓްކޮށްލީމަ ކާން މިއައީ.....އަފްރީނާ ދައްތަވެސް ބުރުގާ އަޅައިފި ދޯ...."

"ކުދިން ބުރުގާ އެޅީމަ ތިމަންނަވެސް އޮރިޔާމުން ހުންނަން ލަދުގަނެއޯ ބުނީ. ނަމާދަށްވެސް އަރާ. ނަސީބެއް. ކުރިން އޭނަ ފެނުނަސް ރުޅިގަދަވެގެން މޮޔަވާވަރުވޭ. އެކަމަކު މިހާރު ހޭޓްކުރުމުގެ ބައި ތަންކޮޅެއް ދަށުގައި އުޅެނީ. ކުރު މުއްދަތަކަށް ދުނިޔޭގައި އުޅޭއިރު ކޮން ރުޅިއެއް އަންނާކަށް...ހިނގާބަލަ މި ރޫމަށް."

"އެއީ ކީއްކުރަން.."

"މި ކޮޓަރިއަށް ވަނީމަ މީރާގެ ހަދާންތައް އާވޭ. ހިތަށް އަރާ މިހެން އަބަދު މި ރޫމް ބަހައްޓަންވީ ހެއްޔޭ. އެހެރަ ފޮޓޯތަކާއި އެއްޗެހިވެސް.....މޭބީ ވީ ޝުޑް . ސަދަގާތް ކުރަންވީ ތޯ ނޫނީ މީރާގެ ހަނދާނެއްގެ ގޮތުގައި މިހިރަގޮތަށް ބަހައްޓަންވީތޯ އެ ޑިޒިޝަން ނަގަންވީ ބައްޕަ. ބައްޕައަށް ފެނިލައްވާ ގޮތަކަށް ކަންތައް ކުރައްވާނެތާ............" މިންކާ އާއެކު އާލިޔާވެސް އެކޮޓަރިއަށް ވަނެވެ. ކޮންމެވެސް ވަރަކަށް ވަތްގަނޑުތައް ހޭވިއިރު ދީނީ އެންމެ ފޮތެއްވެސް ނުފެނުނެވެ. ނަމަވެސް ޝެލްފްގެ މަތީގައި މުސްހަފަކާއި ތަރުޖަމާއެއް އޮތެވެ. މީރާއަށް ކާކު ދިން ހަދިޔާއެއްބާވައެވެ. މީރާ އެއްވެސް ވަރަކަށް މި މުސްހަފު ކިޔެވިހެއްޔެވެ. އެންމެ އާޔަތެއްވެސް ކިޔެވިނަމައެވެ. އާލިޔާގެ ނަޒަރުގައި ދެން އަޅައިގަތީ މަޑު ފިޔާތޮށިކުލައިގެ ބަނޑޭރިގަނޑެއް ލާފައިވާ ފޮތެކެވެ. ޑައިރީއަކަށްވެސް ވެދާނެއެވެ. ސަބަބަކީ ބޭރުގައި މާޒިންއާއި މީރާގެ ފޮޓޯއެއްވެސް ލެމިނޭޓްކޮށް ލައްވާފައި ހުރުމުންނެވެ. ދެމީހުން އެކަކު އަނެކަކަށް ބަލަންތިބީ ނިކަން ލޯބިންނެވެ.

"މީރާގެ ޑައިރީތަ؟ " މިންކާ އެފޮތް އަތުލިއެވެ.

"ނުހުޅުވައްޗޭ މިންކް. މަރުވެފައިވާ ކުއްޖެއްގެ ޕްރައިވެސީއަށް އިހުތިރާމްކުރަންވާނެ ދޯ......"

"ޔޫ އާ ރައިޓް.." މިންކާ އެ ފޮތް އޮތްތަނުގައި ބޭއްވިއެވެ. "ދެރަވެފަތަ؟ "

"ދޮގުހަދާކަށް ބޭނުމެއްނޫން. މާޒިންއާއި ވަކިވާން ޖެހުމުން ވަރަށް ދެރަވެއްޖެ. ނަމަވެސް ކެތްކުރަން މަސައްކަތްކުރާނަން." އާލިޔާ ހިނިތުންވެލިއެވެ. އޭނަގެ ދުޢާއަކީ މާޒިންގެ ހިތުގައި މާތްﷲއަށްޓަކާ ލޯބި އުފެދުމެވެ. މާތްﷲއަށްޓަކާ ލޯބިވާން މާޒިންއަށް އެނގުނު ދުވަހަކުން އެދެމީހުންގެ ހަޔާތްވެސް އިރާދަކުރެއްވިއްޔާ ބާއްޖަވެރިވާނެއެވެ. އޭނަ ބޭނުމީ އޭނަ ގޮވައިގެން ޖަންނަތަށް ގެންދާނެ ސޯލިހު ފިރިއެކެވެ. މާޒިންއަށްޓަކާ އަބަދުވެސް ހެޔޮ ދުޢާކުރެވެނީ އެހެންވެއެވެ. ލޯބިވާ މީހަކަށްޓަކާ ދޭންވީ ކޮންމެހެން އަގުބޮޑު ހަދިޔާއެއް ނޫނެވެ. އެންމެ ފައިދާ ކުރާނެ އެއްޗަކީ ދުޢާއެވެ.

ކުއްލިއަކަށް ގެއިން ކަރަންޓު ކެނޑުމާއެކު އަނދިރީގެ ތެރެއަށް ކޮޓަރި ގެނބުނެވެ.

"އެވީ ކިހިނެއްތަ؟ " މިންކާ ބިރުން އާލިޔާއާއި ކައިރިއަށް ޖެހިލިއެވެ.

"ނޭގޭ...."

ގޭތެރެއަށް ވެރިވި ހިމޭންކަމުގެ ތެރެއިން ކްލޯޒެޓާއި ދިމާލަށް ފިޔަވަޅުތަކެއްގެ އަޑު އިވެންފެށިއެވެ.

"މީރާގެ ރޫހު....." މިންކާ މަޑުމަޑުން ބުނެލިއެވެ.

"މިންކް މޮޔަ ވާހަކަ ނުދައްކާ. ފުރާނަތައް ވާނީ ބަރުޒަޚުގެ އާލަމުގައި. މަރުވެއްޖެ މީހެއް އަނބުރާ ދުނިޔެއަކަށް ނާންނާނެ..........."އާލިޔާ ބުނެލިއެވެ.

"އެކަމަކު......ނޫނީ ޖިންނިއެއް.." މިންކާއަށް އެހެން ބުނެވުނުތަނާ ހުދުކުލައިގެ އެއްޗެއް އެމީހުންނާއި ދިމާލަށް އަންނަތަން ފެނުނެވެ. މިންކާއަށް ކަރުފަޅައިގެންދާހާ ބާރަށް ހަޅޭއްލަވައިގަނެވުނެވެ. އޭނަ އާލިޔާގެ ގައިގާ ހިފައިގަތްއިރު ބިރުންގޮސް އަނބުރައިގެންފާނެކަހަލައެވެ. މަހުދީއަށް އިތުރަށް "ޕްރޭންކް "ކުރިއަށް ގެންދަން ނުކެރުނެވެ. ގައިގާ އޮޅާލައިގެން ހުރި ހުދު ކުއިލްޓް އެއްފަރާތަކަށް އެއްލާލުމަށްފަހު ހޭންފެށިއެވެ. މިންކާ ރުޅި ގަދަވެގެންގޮސް މަހުދީ ގެ ގައިގާ ތަޅައިގަތެވެ.

"އައި ހޭޓް ޔޫ. ހުވާ ހާދަ ރުޅިއެއް އާދެއޭ ދޮންބެ ގަނޑާ......."

"މިނިހާޓް އެޓޭކެއް ޖެހިއްޖެ ދޯ. ސޮރީ ޑާލިންގްސް...." މަހުދީ ދެއަތް އުފުލައިލީ އަމާންދޭފަދަ ގޮތަކަށެވެ. އާލިޔާ ހޭންފެށިއެވެ.

"އާލިޔާ ކިހިނެއް؟ " މަހުދީ އެތާހުރި ރީތިވާ މޭޒުގެ ގޮނޑީގައި އިށީދެލަމުން ހަށަން ބަދެލިއެވެ.

"އައިމް ފައިން...."

"ސޭމް ބުނި އާލިޔާއާއި މާޒިން މައްސަލަޖެހުނީއޭ. އެއީ ތެދެއްތަ؟"

"ސޭމް މެން އެކަހަލަ ގޭމް ކުޅެންޏާ މައްސަލަ ނުޖެހޭވަރެނޫނެއްނު. ޕާފެކްޓްހެން ހީވިޔަސް އަސްލު ވަރަށް އިމްޕަފެކްޓް ދޯ. އެވްރީވަން ހޭޒް ފްލޯސް. އޭނަ ޑެވިލް ހެދިގެން ނުހުންނަމަ ކިހާ ޕާފެކްޓް މީހަކަށްވީސް...." މިންކާގެ މޫނުމަތިން ހިނިތުންވުމުގެ އަސަރު ކެނޑިއްޖެއެވެ. އަރްސަންގެ ވާހަކަދެއްކުމުންވެސް ހިތަށް އަސަރުކުރުވައިފިއެވެ.

"މީހުން ބުނެއެއްނު ރީތި ސިފައެއްގައި ހުރި ޝައިތާނެކޭ..އާއްމުކޮށް ރީތި މީހަކު ގޯސްވެއްޖެއްޔާ އެމީހަކު ޝައިތާނަކަށް ވާނީ. އެކަމަކު އަރްސަންގެ ޑެފިނިޝަންއަކީ ހީޒް އެ ޑެވިލް ވިތް އެ ސޮފްޓް ހާޓް. އަސްލު ވަރަށް ކައިންޑްވާނެ. އޭނަގެ ޑާކްސައިޑް އެހެންމީހުންނަށް ދެއްކިޔަސް އެހެންމީހުންނަށް އެހީތެރިވުމުގައި ނަމޫނާއެއް. ޑެވިލްއަށް ވާނެ އެންމެ ފަހު މީހަކީ ސޭމް.." މަހުދީ ވާހަކަދެއްކީ އެކުވެރިޔާ ދިފާއުކޮށްފައެވެ.

"އަންހެންކުދިންނަށް ވިހައަކަށް އެވަނީ. އަންހެންކުދިންނަކީ ކުޅޭ ބަޔެއްގެ ގޮތުގައި ދެކެންޏާވެސް ޑެވިލްއަކަށްވާނީ..."

"ހޫމް ވެދާނެ. ދެން އައޫޒު ކިޔާފައި ދުރަށް ލާންވީނު..." މަހުދީ ސަމާސާއަކަށް ބުނުމުން މިންކާ ހާސްވެފައި ބަލައިލީ އާލިޔާގެ މޫނަށެވެ. އާލިޔާމެން ވިސްނާގޮތުން މަހުދީ ކުފުރުވީއެވެ. ކުއްފާރަކަށްވީއެވެ.

"ދޮންބޭ......." މިންކާ ފާޑަކަށް ދަމާފައި ކިޔާލިއެވެ.

"އެންމެ ނުލަފާ ޝައިތާނުން ކުރުސި ކިޔެވިޔަސް ނުގޮސް ތިބޭނެ. އެކަހަލަ ޑެވިލްއިން ދުރަށް ލާން ރުގުޔާ ކުރަން ޖެހޭނީ............." އާލިޔާ ބުނެދިނެވެ.

"އޯ.....އެހެންތަ؟ އެކަން ނޭގުނީ.."

ވާހަކަދައްކަމުން ކާކޮޓަރިއަށް ދިޔައިރު ބައްޕައާއި ދޮންމަންމަ އިންތިޒާރުގައެވެ. އެންމެން އިށީނުމާއެކު ބިސްމީގެ ބަރަކާތުން ކެއުން ފެށުނެވެ. އަފްރީނާގެ މޫނުވެސް ތަންކޮޅެއް އަލިކަން ނޭގެއެވެ. ބުރުގާއެޅުމުން މާތް ފާޑެއް އެބަހުއްޓެވެ. ނަމަވެސް އަދިވެސް ލުއިކޮށް މޭކަޕްކޮށްލާފައެވެ. ކެއުމުގެ ވަގުތު ވެސް ދިޔައީ އެކި ވާހަކަތަކުގައެވެ. ކެއުން ނިންމާލާފައި މަހަލަބިޔާ ކާން ޖައްސައިލީ އެހެން ކޮޓަރިއެއްގައެވެ. ވަށައިގެން ބޮޑެތި ސޯފާތައް ބަހައްޓާ ބޯދޫލަ އަޅާފައިވާ ހިތްގައިމު ތަނެކެވެ. ބިއްލޫރި ދޮރުތަކުން ބޭރުގެ މަންޒަރު ފެންނާން ހުއްޓެވެ. މަންސޫރު ބުނީ ހުރިހާ ކުދިންނަށް ހަޔާތުގެ ބޮޑު ސިއްރެއް މިރޭ ކިޔައިދޭން ބޭނުންވާކަމުގައެވެ. އެ ސިއްރު އެނގުމަށްފަހު އެއްވެސް ކުއްޖަކު އެކަމާ ހިތާމަކޮށް ނުތަނަވަސްނުވާން އޭނަ އެދުނެވެ. އިންސާނުން ދުނިޔެއަށް އައުމަށް އޭނައަށް އެއްވެސް ބާރެއް ލިބިގެންނުވެއެވެ. ފިތުރަތުގެ ސާފުގޮތުގައި ކުށެއްނެތް ފުރާނައެއް ދުނިޔެއަށް އައުމުގައި މެދުވެރިއަކަށްވަނީ މައިންބަފައިންނެވެ.

"ބައްޕަކަމުގައި އެހުރިހާ ދުވަހު ދެކުނު މީހާއަކީ ބައްޕަ ނޫންކަން އެނގުމުން ބައްޕައަށްވެސް އަސަރުތަކެއްކުރި. މަންމައާއި ބައްޕަ މައްސަލަޖެހި ވަރިފަށަށް އެރި. ވަރަށް ބޮޑަށް ބައްޕަދެކެ ލޯބިވި އެހެންވެ އެދުވަހު އެކަމާ ރުޅިއައިސްގެން ގެއިން ނުކުމެގެންގޮސް އެތައް އަހަރެއްވާންދެން މަންމައަށް މާފުނުކޮށް ހުރިން. ބައްޕަވެސް އެދުވަހު ވަރަށް ދެރަވެ ސަކަރާތްވެ. ހުރި އެންމެ ދަރިފުޅުކަމުގައި ދެކެ އެހާ ލޯބިން އުޅުނު ދަރިއަކީ ބައްޕަގެ ބެސްޓީގެ ދަރިފުޅުކަން އެނގުމުން ކިހާ ދެރަވާނެ. އެކުވެރިޔާއާއި އަންހެނުންވެސް ބޭވަފާތެރިވީ. އެ ބައްޕައަކީ ކާކުކަން މިއަދު ބުނާނަން. ބައްޕަގެ އެކުވެރި އަދްނާންގެ ބައްޕަ އިއްޒުއްދީން. އެ އާއިލާއާއި ބައްޕައާއި ގުޅުން އެހާވަރަށް އޮތްއިރު ހިތަކަށް ނާރާ މި ވާހަކަދެއްކެނީ ބޭބެއަކާއޭ.

އަދުނާންގެ ދަރިއަކާ އާލިޔާ ވައްތަރު ވެގެން އެންމެން އުޅޭ ސަބަބަކީ އެއީ. އަދްނާންގެ މަންމައާއި ބައްޕައަކީވެސް ދެބެންގެ ދެދަރިމީހުން. އެމީހުންނަށް އަޅި ދެލޮލާއި ރީތި ސިފަތައް ލިބިފައިވޭ. ޔޫރަޕާއި މެދުއިރުމަތީގެ ދަރިކޮޅު އެއްވީމަކަން ނޭގޭ. އެއީ ޝާހީ މަތީ ފަންތީގެ މީހުން. ބޮޑު ޚާންދާނެއް ކަމަށް ވޭ. އެ ޚާންދާނުގެ މީހުން ދުނިޔޭގެ އެތަންމިތަނުގައި ވަޒަންވެރިވެގެން އުޅޭ. ކައިވެނީގެ ގޮތުން ރާއްޖެއާއި ގުޅި ބައެއް އާއިލާތައް މިތާވެސް އުޅުނުކަމަށްވަނީ. މަޑުމަޑުން ހިޖުރަކުރަމުންގޮސް ގާތްގަނޑަކަށް އެންމެން ކަހަލަގޮތަކަށް ގޮއްސި. ބައްޕަގެ އާއިލާ މުއްސަދިވިޔަސް އެމީހުންގޮތަށް ޝާހީ ލެޔެއް ނެތް....." މަންސޫރު މިހުރިހާ ދުވަހު ހިތުގެ ކަނުގައި ފޮރުވާފައިވާ އަގުބޮޑު ސިއްރު ހާމަކުރިއެވެ.

"އައިމް ސޯ ސޮރީ ޑޭޑް. އިޓްސް ނޮޓް ޔޯ ފޯލްޓް ދެޓް ޔޫ ޑޯންޓް ހޭވް އެ ފާދާ. އެކަމަކު ބައްޕަގެ ހަށިގަނޑުގައިވެސް ވަނީ އެ ޝާހީ ލޭ. ބައްޕަގެ ޕޭރެންޓުންގެ ކުށުގެ ސަބަބުން ބައްޕަ ފާފަވެރިއެއްނުވާނެ. ޕޭރެންޓުން ތައުބާވާން ޖެހެނީ....." މިންކާގެ ލޯ ކަރުނުން ފުރުނެވެ.

"ސޯ ވީ އާ ރިލޭޓެޑް ޓު ދެޓް މައިޓީ ޚާންދާން..." މަހުދީ ކޮނޑު އަރުވައިލިއެވެ. "އަރްސަންއަށް ހިތުގައި ޖެހިފައި މިވަނީ ހަމައެކަނި އެކުވެރިކަމުގެ ލޯތްބެއްނޫން. ލޭގެ ގޮތުންވެސް އެއް ހިސާބަކުން ގުޅިފައި އޮތީމަ. އެނީވޭސް ދުނިޔެއަކީ މިޒާތުގެ ތަނެއް. އެންމެން އެންމެނަށް ގުޅި ނަސްލުތައް އޮޅިފައިވާ ފަހަރުވެސް އާދޭ. އެކަމުގައި ބައްޕަ ކުށްވެރިވާނެ އެއްވެސް ޖާގައެއްނެތް. އަޅުގަނޑުމެން ބޯދާ އާދަކާދަތަކަށް ތަބާނުވަން. ބައްޕަނެތޭ ކިޔާފައި އެމީހަކަށް ބުލީކޮށް ދަރިން އެމީހުންނާ ނުދެވާ އުޅޭ ޒަމާން ފާއިތުވެ ގޮސްފި. މިހާރު ކައިވެނިކުރާއިރު ބަލަނީ އަތުގައި ފައިސާ ހުރިތޯ..."

"ރީތި މީހެއްތޯވެސް ބަލާނެ.."

"ފަލަވެގެން ކަމަކުނުދާނެ. ހަންޑިބޮލެއް އޮތީމަ އަދި ވަކިން ބޯއިސް ރެޕެލްވާނެ.." މަހުދީ މިންކާ ރުޅިއަރުވައިލާ ހިތްވިއެވެ.

"ބައްޕާ......" މިންކާ ޝަކުވާ ކުރަން އަނގަ ހުޅުވައިލުމުން މަހުދީ ހޭންފެށިއެވެ.

"އައި ހޭވް ބޭޑް ނިއުސް ޑޭޑް....."

މާޒިންއާއި އާލިޔާގެ ވަކިވުމުގެ ވާހަކަ ފެށުމުން އާލިޔާގެ މޫނުގެ ކުލަ ފަނޑުވިއެވެ. ފެންކަޅިވާގޮތްވިއެވެ. އެވާހަކަ ނުފެށުނުނަމައޭ ހިތަށް އެރިއެވެ. ބައްޕައާއި ދޮންމަންމަވެސް ހިތްވަރުދިނެވެ. މިންކާއަށް އެކަމަކު އާލިޔާގެ ހިތްވަރާއި ކެތްތެރިކަން އެނގިފައިވާތީ އެއީ އޭނަގެ އަމިއްލަ ނަފުސަށް ދެވުނު ހިތްވަރަކަށްވިއެވެ. ދުނިޔޭގައި ދިމާވާ ކޮންމެ އިމްތިހާނަކަށް ކެތްތެރިވެ ދުޢާކުރީމަ އުފަލާއި ނަސީބަކީ އެމީހެއްގެ ހައްގެކެވެ. މިއަދު ނުވިއްޔާ މާދަމާއެވެ. މާޔޫސްނުވެ ހެއްދެވިފަރާތާއި އޮތް ގުޅުން ގާއިމުކުރީމަ އެމީހެއްގެ ހިތަށް "ސަކީނާ" ލިބޭނެއެވެ.

***

މިންކާ އަރްސަންގެ ގެއަށް ގޮސް އޭނައާއި ކުރިމަތިލިއެވެ. އަރްސަންގެ އަޅި ދެލޮލުން މިއަދު ފެނުނީ ތަފާތު އަސަރެކެވެ. ޖިންސަކާއިއެކު ލާފައި ހުރި އަގުބޮޑު ގަމީހުގެ އަތުކުރި އޮޅާނުލާ ޖިންސްގެ މަތިން ދޫކޮށްލާފައި އޮތުމުން އެއްވެސް ރަސްމީކަމެއް ނެތެވެ. ޕޫލްކައިރީ ކޮފީއެއް ބޯން އިންއިރު ކުޑަމޭޒުމަތީގައި އޭނަގެ މެކްބުކްއެވެ.

މިންކާ ސަލާމް ގޮވައިލުމުން އަރްސަން އިސް އުފުލާ ބަލައިލިއެވެ. އެ ބޮޑާހިނިތުންވުމުގެ ބަދަލުގައި ތަފާތު ނަޒަރެކެވެ. ނަމަވެސް އެކުލަވަރު ތަރުޖަމާ ކުރަން ފަސޭހައެއްނުވިއެވެ. އަރްސަންއަކީ ގޮތް ނޭގޭ ޒުވާނެކެވެ.

"ޔެސް މެޑަމް؟ " އަރްސަން މެކްބުކް ލައްޕާލިއެވެ.

"އަރްސަން. އަހަރެން މިއައީ ކައިވެންޏަށް އެދިފައި އޮތީމަ ޖަވާބުދޭން......" މިންކާގެ ޖުމްލައިން އަރްސަން ތެދުވުނެވެ.

"އާއެކޭ ދޯ...."

"މިހެން ބުނީމަ އެންމެ ބޮޑަށް ހައިރާންވެ ގަބޫލުކުރަން އުދަގޫވާނެ އިންސާނަކީ ތިއީ ދެން އާލިޔާ. އަހަރެން އަރްސަންއާއިހެދި މޮޔަވީވަރާއި ނުނިދާ އުޅުނު ހާލު އަދި ކުރި އިންތިޒާރާއި ދުވާލު ކުރި އެތައް ސަތޭކަ ދުޢާއެއް އައްސަވާ ވޮޑިގެންވި މާތްﷲ މިއަދު އެ ދުޢާ އިޖާބަކުރައްވައިފި. ހިތްތައް ފުރޮޅުއްވާ ފަރާތަކީ އެއީ ކަމަށް ގަބޫލުނުކުރާނީ ކާކު؟އަހަރެން ނުރޯ ހިތާމަ ނުކުރާ އެންމެ ދުވަހެއްވެސް ނުވޭ. އިންސާނަކަށް އަނެއް އިންސާނަކާއިހެދި މޮޔަވެގެން އުޅެވޭނީ އެހާވަރަށް.. ތި ފޯނަކީ އަދި މިއޮތް ޑައިރީއަކީ ހެކި......." މިންކާ ދަބަސްތެރެއިން ނެގި ފޮތެއް މޭޒުމަތީ ބޭއްވިއެވެ.

"ކޮބާ ތީގެ މާނައަކީ؟ "

"އަރްސަން އަހަންނާއި މެރީ ކުރާނަންތަ ތިއީ ސަމާސާއެއްތަ؟ ނޫނީ ހަގީގަތެއްތަ؟ " މިންކާ އަދިވެސް ހުރީ ޔަގީންނުކުރެވިފައެވެ.

"އާނ. އަހަރެން މިހިރީ މިންކާއާއި ކައިވެނި ކުރަން" އަރްސަން ޔަގީންކަން ދިނެވެ.

"ސޮރީ....." މިންކާގެ ލޮލުން ކަރުނަ ތިއްކެއް ތިރިއަށް ދެމިގަތެވެ.

"ކީއްވެ މިންކާ. އަދާ އެއްޗެކޭ ބުނީ ދޯ. ކުރިންވެސް މިހެންވެދާނެކަން އެނގުނޭ. އެކަމަކު މިންކާ އަދާއަށް ބޭވަފާތެރިވެ އަމިއްލަ އެދުމަށް ކުރަން އުޅުނުކަމެއް މިއަދު ހުއްޓާލަންވީ ކީއްވެ؟ "

"ސަބަބަކީ އަދާވެސް އަރްސަންއާއި މެރީ ނުކުރީ އެތިއެސްޓަކަށްވީމަ. އަހަރެންވެސް މުސްލިމަކާއި ނޫނީ ކައިވެންޏެއް ނުކުރާނަން............." މިންކާ ކޯތާފަތް ޓިޝޫއިން ފޮހެލިއެވެ.

"އިސްލާމް ވެއްޖެއްޔާ...."

"އިސްލާމްވިޔަސް އެކަމެއް ބޭނުމެއްނޫން. ފިރިހެނަކާއިހެދި ބޭކާރުގޮތަކަށް ދިރިއުޅުމުގެ އެތައް ވަގުތެއް ދުއްވާލައިފިން. އެ ދުވަސްތަކެއް އަނބުރައެއް ނުލިބޭނެ. ދެން ބޭނުމީ މާތްﷲއަށްޓަކާ ލޯބިވާން ހިތަށް ދަސްކޮށްދިނުން. އެފަރާތާއި އޮންނަން ޖެހޭ ގުޅުން ވަރުގަދަކުރުން. ވަގުތު ދިނުން. އަހަރެންގެ ލޯ ކުރިމަތީގައި އަންހެން ކޮއްކޮ މަރުވެ ވަޅުލީ. ކޮންފަދަ ނަސީބުވެރި އަންހެންކުއްޖެކޭ އެންމެން ހިތަށް އަރާނެ ދޯ. މެޑިކަލް ސްޓޫޑެންޓެއް. ރީތިކަމުގެ ދެވަނައެއް ނެތް. ފުރިހަމަ ލޯބިވެރިޔެއް. އެންމެންގެ ލޯބިލިބޭ. ދުނިޔެއިން މަދު ނިއުމަތެއްނެތް. އެކަމަކު މަރުވެގެން ދިޔައީ ހުސްއަތާ. ހެއްދެވިފަރާތުގެ ހަޟުރަތަށް ދަތުކުރުކުރަން ޖެހެނީ ކޮން ވަގުތަކު ކިހިނެއްކަމެއް އެނގޭނެ އިންސާނެއް ނެތް. ހުރިހާ ހިތާމައެއްގެ ފަރުވާއަކީ ދުނިޔެއިން ކަންތައްތަކަށް އެދުމުގެ ބަދަލުގައި ހެއްދެވިފަރާތާއި އޮތް ގުޅުން ރަގަޅުކުރުން. އެއީ މިހާރު ޕްރަޔޯރިޓީއަކީ...." މިންކާ ދުރަށް ބަލަން ފެށިއެވެ.

އަރްސަންގެ މޫނަށް ދެވަނަފަހަރަށް ބަލައިފިއްޔާ އެ ލޮލުގެ ސިހުރުން ސަލާމަތެއް ނުވާނެއެވެ.

އެއީ މީހުން މަގުފުރައްދާފަދަ ރީތި ލޮލެކެވެ.

"އަހަރެންނަށް އިންނާނެ އަންހެންކުއްޖަކު ނުލިބޭނެ ދޯ......." އަރްސަން ހީލިއެވެ. މަޖާވެފައި ކަހަލަ ގޮތަކަށެވެ.

"ތިއީ މީހަކަށް ހެދޭނެ އެންމެ ބޮޑު އެއް ދޮގު. އަމިއްލައަށްވެސް އެކަން އެނގޭނެ.."

"އެކަމަކު އަހަރެން އިންނަން އަހާ ކުދިން ނޫނެކޭ ބުނަންޏާ ދެން ކާމިޔާބު ނޫނީތާ.."

"ޔޫ އާ ޔަންގް. ސަކްސެސްފުލް. ރިޗް. ބިޒިނަސް ޓައިކޫންއެއް. ރޯޔަލް ރިޗް ފެމިލީއެއްގެ ޕްރެޒިޑެންޓެއްގެ ސަން. އެކަމަކު އެންމެ މުހިއްމު ސިފަ ނެތީ. ހުރިހާ މޮޅުކަމެއް އިންސާނަކަށް ލިބުން ނާދިރު. ސަބަބަކީ މިއީ ސުވަރުގެ ކަމުގައި ނުވާތީ. އެހުރިހާ ސިފައަކާއެކުގައިވެސް ދީނެއް ނެތް. އަހަރެންގެ ކޮއްކޮ މީރާފަދައިން. އަމިއްލަ ނަފުސާއިމެދު ވިސްނާލަބަލަ. މިއަދުވެސް މަރުވެއްޖެއްޔާ މިހުރިހާ ނިއުމަތުގެ ބޭނުމެއް އެބައޮތްތަ؟ އެންމެ ގާތްކޮށް އުޅުނު މީހުންވެސް ކަށްވަޅަށް އެކަނިކޮށްލާފައި ހިނގައިދަނެ. އަހަރުތަކެއްފަހުން ހަދާން ނައްތައިލާނެ. އަރްސަންވެސް އެކަން ދަނެ ރަގަޅު މީހަކަށްވި ދުވަހަކުން ސުވަރުގޭގައި ދެމީހުންގެ ނަން އެކީ ލިޔުއްވާފައިވާނަމަ ދުރުކުރެވޭނެ މީހެއްނެތް. އެކަމަށް އިރާދަނެތްނަމަ އަހަރެން މޮޔަވިޔަސް އެކަމެއްނުވާނެ. ސޯ އަހަރެންގެ ޖަވާބަކީ ނޫނެކޭ....އަރްސަން. ކައިވެނި ކުރާކަށް ބޭނުމެއްނޫން....." މިންކާ ހިނިތުންވެލިއެވެ.

"ވެލް ދެޓްސް ކައިންޑް އޮފް ހާޓްބްރޭކިން. އެންމެ ހީނުކުރި ކުއްޖާ މަށަށް ނޫނެކޭ ތިބުނީ.."

"އައިމް ނޮޓް ސޮރީ. ބިކޯޒް ޔޫ ޑިޑްންޓް އެކްޒެކްޓްލީ ޓްރީޓް މީ ދަ ބެސްޓް ޓޫ.........." މިންކާ ބޯ ޖަހައިލިއެވެ.

"އިޝްގީ ލޯތްބަކީ މިކަހަލަ އެއްޗެއް. އޭގެ ޒާތުގައި މޮޅު އެއްޗެއް ނޫން. ދެވިހިފާވަރަށް ލޯބިވެފައިވެސް ފޫހިކޮށްލާނެ. ތެދުވެރި ލޯބީގައި އެ މޮޔަކަމާއި ހިތާމައާއި ކަރުނަތަކެއް ނުވާނެ. އެހެން ވަންޏާ އެއީ ލޯތްބެއްނޫން. ފޭކް ދެއްކުންތެރި ލޯބި. އަހަންނަށް އާލިޔާގެ ސަބަބުން އެކަން ތަޖުރިބާ ކުރެވިއްޖެ. މާޒިންއާއި އާލިޔާގެ ލޯބި ކާމިޔާބު ވެއްޖެއްޔާ އިތުރަށް ޔަގީންވާނެ.."

"ސޯ ގުޑްބައި ކިޔަން ތިއައީ؟ " އަރްސަން ބުމަ އަރުވައިލިއެވެ.

"ޔެސް......"

"ހެހެ......އައިމް އިމްޕްރެސްޑް....." އަރްސަން މިންކާ ގާތު އިށީންނަން އެދުނެވެ.

"ފްރޮސްޓީއެއް ނޫނީ ކޮފީއެއްތަ؟

"ނަތިން. އެއްވެސް އެއްޗެއް ބޭނުމެއްނޫން......." މިންކާގެ ހިތް އެރީތި ގެއަށް ތަޢުރީފު ކުރިއެވެ. ފުން ނޭވާއެއް ދޫކޮށްލިއެވެ.

"ހުރިހާ ނިއުމަތެއް ލިބެން އޮތްވާ ހަމަ ދޫކޮށްލާނީތަ؟ " އަރްސަން އެހިއެވެ.

"ލައިކް އައި ސެޑް ހުރިހާ ނިއުމަތެއް ފުރިހަމައެއް ނުވާނެ. އަރްސަން ދީނަށް ލޯބިކޮށް މާތްﷲއާއި ކްލޯޒްވެއްޖެއްޔާ މި ހުރިހާ މުއްސަދިކަމެއްގެ ފަހަތުން ނުދުވާނެ. މި އަގުބޮޑު އުފާވެރި ދިރިއުޅުމުގައި ވަގުތުތައް ދުއްވައެއްނުލާނެ...އައި ލާންޑް ސޯ މަޗް. މިހާރު ވާހަކައެއް ލިޔަން ފަށައިފިން. އަހަންނާއި އަދާ އަދި އާލިޔާގެ ސްޓޯރީ. އެހެން އަންހެންކުދިންނަށް އިބުރަތަކަށް ވާނެކަމުގެ އުއްމީދުގައި ފަށާ ސްޓޯރީއެއް. އަހަރެން ވަރަށް ލޯބިވި އިންސާނަކަށްވާތީ އެންމެ ރިކުއެސްޓެއް އޮތީ. އޭރުން އާޚިރަތުގެ ނަސީބުވެރިއަކަށް ވެވިދާނެ. ފައިންޑް ﷲ..." މިންކާ ބުނެލިއެވެ.

އަރްސަން ހިމޭންކަން ޚިޔާރުކުރިއެވެ.

"ހިދާޔަތް ދެއްވާށި އާމީން....." މިންކާ ދާން ހިނގައިތެވެ.

"މޭ ގޯޑް ކީޕް ޔޫ ހެޕީ. ގުޑްބައި މިންކާ....." އަރްސަން މަޑުމަޑުން ކިޔައިލިއެވެ.

***

ސްކައިޕެލަސް ގެ ހުރިހާ ދަރިންހެން ގެއިން ދިޔުމުން އެތަން ފަޅު ފުއްޓަރަކަށް ވެއްޖެއެވެ. ހުރިހާ ދިމާލަކުން ހިމޭންކަމެވެ. އުފާވެރި ހުނުންތަކާއި ސަކަ ވާހަކަތަކުން އެގެ މަހުރޫމްވެއްޖެއެވެ. މައިމޫންއާއި ސުކައިނާ އަދި މާޒިން އެކަނި މޭޒުދޮށުގައި ކާން ތިބޭއިރު އެހެން ގޮނޑިތައް ފަޅުކޮށް ހުރުމުން އެންމެންވެސް ހިތާމަކުރެއެވެ. މާޒިން އޭނަގެ މައިންބަފައިން ރުއްސަން ކިތަންމެ ހަމަޖެހޭގޮތް ދައްކައިގެން ހުއްޓަސް އާލިޔާ ނެތުމުން އެކަނިވެރިކަން އިހުސާސްކުރާކަން އޭނަގެ ހުރިހާ އަމަލުތައް ހެކިދެއެވެ. ކާފައާއި މާމަވެސް އެދުނީ މާޒިން އާލިޔާ އަލުން ގެއަށް ގެނައުމަށެވެ. އާލިޔާ ނެތުމުން އެގޭގެ ރޫހު ގެއްލިފައިވާކަމުގައި އެންމެނަށް އިހުސާސްކުރެވުނެވެ. އެކިމީހުންނަށް ކެތްކުރެވޭނީ އެކި ވަރަށެވެ.

މާޒިން ގެޒެއިނިޔާގެ ދޮރާށި ހުޅުވާލުމާއެކު ނޭފަތުގައި ޖެހުނީ ގާޑްނިއާ އަދި ހުވަދުމަލުގެ މީރުވަހެވެ. އެތެރެއަށް ވަނުމުން ބަޓަރު ކޭކެއް ފިހެވޭ ވަހެވެ.

"އައްސަލާމް އަލައިކުމް.." މާޒިން ތެޅިތެޅިވާ ހިތަކާއެކު ގޮވާލިއެވެ.

(ނުނިމޭ)

comment ކޮމެންޓް