އަންނަ އަހަރުގެ ފޭބްރުއަރީ މަހު ބާއްވަން ތާވަލްކޮށްފައިވާ އޮސްކާ އެވޯޑު ހަފްލާ އަންނަ އަހަރުގެ އޭޕްރިލް މަހަށް ފަސްކޮށްފި އެވެ.
ދުނިޔޭގައި ފެތުރެމުން އަންނަ ނުރައްކާތެރި ބަލި ކޮރޯނާވައިރަހުގެ ސަބަބުން އޮސްކާ އެވޯޑު ހަފްލާ ފަސްކޮށްފައިވަނީ އޭޕްރިލް މަހުގެ 25 ވަނަ ދުވަހަށެވެ. ކުރިން އެ އެވޯޑް ހަފްލާ ބާއްވަން ނިންމީ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެވެ.
އޮސްކާ އެވޯޑަށް މިއަހަރު ޖެނުއަރީ އެކަކުން އަންނަ އަހަރުގެ 28، އާ ހަމައަށް ރިލީޒްވި ފިލްމުތަކަށް ވާދަކުރުމުގެ ފުރުސަތު އޮންނާނެކަމަށް އޮސްކާ އެކަޑަމީއިން ބުނެ އެވެ.
އޭގެ އިތުރުން މިއަހަރު ޑިޖިޓަލްކޮށް ޕްރިމިއާކުރާ ފިލްމުތަކަށް ވެސް އޮސްކާ އެވޯޑަށް ވާދަކުރުމުގެ ފުރުސަތު ދޭން ވަނީ ނިންމައިފަ އެވެ. 93 ވަނަ އޮސްކާ އެވޯޑުގެ ނޮމިނީޝަންތައް އިއުލާންކުރާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހު އެވެ.