އިޓަލީގެ އަވަށެއްގައި ފަޅުވެފައި ހުރި ގެތަކެއް އެއް ޑޮލަރަށް ވިއްކަނީ

އިޓަލީން އެއް ޑޮލަރަށް ވިއްކާ ގެތަކެއް--

އިޓަލީގެ އަވަށަކުން އެއް ޑޮލަރަށް ގެތަކެއް ވިއްކަން ނިންމައިފިއެވެ.

އެއް ޑޮލަރަށް ގެތައް ވިއްކަން ނިންމާފައިވަނީ އެ ގައުމުގެ ދެކުނުގައި އޮންނަ ކަަލަބްރިއާގައި އޮންނަ އަވަަށެއް ކަމަށްވާ ސިންކެފްރޮންޑީ އަވަށުންނެވެ.

އެ އަވަށަކީ ކޮރޯނާވައިރަސް ނެތް އަވެށެއްގެ ގޮތުގައި އިއުލާންވެސް ކޮށްފައިވާ އަވަށެކެެވެ.

އެ އަވަށުގެ މޭޔަރު މިޝޭލް ކޮނިއާ ވިދާޅުވީ މިއީ ވަރަށް ސީރިއަސްކޮށް ގެންދާ ހަރަކާތެއް ކަމަށެވެ. އެ ހަރަކާތަސް ދީފައިވާ ނަމަކީ އޮޕަރޭޝަން ބިއުޓީއެވެ. މިއީ އެވަށްތައް ފަޅުވެފައިވާތީ އެތަންތަން އާބާދުކުރުމުގެ ގޮތުން ކުރާ ކަމެކެެވެ.

އިޓާލީގެ އަވަށްތަކުގެ މީހުން ސިޓީތަކަށް ދިރިއުޅުން ބަދަލުކުރުމުގެ ކަންތައްތައް ވަރަށް ބޮޑެެވެ.

އިޓަލީން އެއް ޑޮލަރަށް ވިއްކާ ގެތަކެއް--

"އަޅުގަނޑު އުޅެ ބޮޑުވީ ޖަރުމަނުގައި މައިންބަފައިންނާއެކު. ނަމަވެސް އަމިއްލަ ބިން އަލުން ދިރުވަން މި އަވަށަށް އައީ. މިތަނުން ވަރަށް ގިނަ ބަޔަކު ހިޖުރަކުރުމުގެ ސަބަބުން ގެތައް ވަނީ ފަޅުވެފައި" މޭޔަރު ވިދާޅުވިއެވެ.

އެ އަވަށަކީ ރީތި ގޮނޑުދޮށެއްގެ ކައިރީގައި އޮންނަ ހިސާބެއްވެސް މެއެވެ.

އިޓަލީގެ އެހެން އަވަށްތައްވެސް އާބާދުކުރުމުގެ ގޮތުން މީގެ ކުރިންވެސް ވަނީ އެއް ޔޫރޯއަސް ގެތައް ވިއްކައިފައެވެ. ނަމަވެސް އެގޮތަށް ގެތައް ގަންނަނަމަ 5،000 ޔޫރޯގެ ޑައުން ޕޭމަންޓްއެއް ދައްކަން ޖެހެއެވެ. ނަަމަވެސް މިފަހަރު ހުޅުވާލި ފުރުސަތުގެ ދަށުން ގެތައް ގަނެ މަރާމާތުކޮށް ނިމެންދެން ދައްކަން ޖެހެނީ 250 ޔޫރޯގެ އިންޝުއަރެންސް ޕޮލިސީއެކެވެ. --- ސީއެންއެން--

comment ކޮމެންޓް