އިންޑަސްޓްރިއަލް ޒޯން ސާފުކުރުމުގެ މަސައްކަތް ކައުންސިލުން ފަށައިިފި

އިންޑަސްޓްރިއަލް ޒޯނުގެ މަގެއްގައި ކުނި ގިނަވެފައި -- ފޮޓޯ/ މާލޭ ސިޓީ ކައުންސިލް

މާލޭގެ އިންޑަސްޓްރިއަލް ޒޯނުގެ މަގުތަކުގައި ކުނި ގިނަވެފައިވާތީ، އެ މަގުތައް ސާފުކުރުމުގެ މަސައްކަތް މާލޭ ސިޓީކައުންސިލާއި ވެމްކޯ ގުޅިގެން ފަށައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން ކުރި ޓުވީޓެއްގައި ބުނީ އެ ސަރަހައްދުގައި ކުނި ގިނަވުމުގެ ސަބަބުން ގިނަ އަދަދެއްގެ ރައްޔިތުންގެ ޝަކުވާ ލިބެމުން އަންނަ ކަމަށެވެ.

އަދި މި މަހުގެ 10 ވަނަ ދުވަހު، އިންޑަސްޓްރިއަލް ޒޯނުގެ މަގުތައް ބެލެހެއްޓުމުގެ މަސައްކަތް، ޕްލޭނިން މިނިސްޓްރީން ސިޓީ ކައުންސިލާ ހަވާލުކޮށްފައިވާ ކަަމަށެވެ.

އެއާއެކު މަގުތައް ސާފުކުރުމުގެ މަސައްކަތް ވެމްކޯއާއެކު ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް ސިޓީ ކައުންސިލްގެ ބޭފުޅަކާ ނުގުޅޭތީ، މިކަމާ ގުޅޭ އިތުރު މައުލޫމާތު ލިބޭގޮތް ވަނީ ނުވެފައެވެ.

comment ކޮމެންޓް