ދިވެހި ފިލްމު "އިނގިލި" ބައިސްކޯފަށް

ދިވެހި ފިލްމު އިނގިލި ގެ ޕޯސްޓަރެއް---

ގިނަ އެވޯޑުތަކެއް ހާސިލްކޮށްފައިވާ ކާމިޔާބު ފިލްމު "އިނގިލި" ބައިސްކޯފު އެޕްލިކޭޝަނުން ސްޓްރީމްކުރަން ފަށައިފި އެވެ.

ރަވީ ފާރޫގުގެ ޑައިރެކްޝަނަކަށް އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) އަދި އަބްދުﷲ މުއާޒް (މުއާ)ގެ އެކްޓުކޮށްފައިވާ އެ ފިލްމަށް ވަނީ ސާކް ފިލްމު ފެސްޓިވަލުގައި ބައިވެރި ކުރި ފީޗާޑް ފިލްމު ތަކުގެ ތެރެއިން ބްރޯންޒް އެވޯޑް ވެސް ލިބިފަ އެވެ. އަދި ސާކް ފިލްމު ފެސްޓިވަލުގައި އެންމެ މޮޅު އެކްޓަރުގެ އެވޯޑް ކޮޕީ އިއްސެ އަށް ވެސް ވަނީ ލިބިފައެވެ.

މި ފިލްމަށް ފިލްމު އެވޯޑުގައިވަނީ އެންމެ މޮޅު ފިލްމް އެވޯޑާ އެކު ޖުމްލަ 11 އެވޯޑް ލިބިފައެވެ. ސަންސްޕެންސް ތްރިލާއަކަށް ތައްޔާރުކޮށް ގެނެސްދީފައިވާ މި ފިލްމުގެ ދިގު މިނަކީ އެއްގަޑިއިރާއި ތިރީސް މިނެޓެވެ. މި ފިލްމު މިހާރު ބައިސްކޯފުން ބަލައިލެވޭނެއެވެ.

comment ކޮމެންޓް