ހުއްދަނެތި މާމެންދޫއިން ކުނަހަންދޫއަށް އެރި ބަޔަކު ހައްޔަރުކޮށްފި

ލ. މާމެންދޫ -- ފޭސްބުކް ފޮޓޯ

ހުއްދަ ނެތި ލ. މާމެންދޫއިން އެ އަތޮޅު ކުނަހަންދޫއަށް އެރި ބަޔަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިއަދު މެންދުރު 1:16ހާއިރު ލ. މާމެންދޫއިން ތިން މީހަކު ހުއްދަ ނެތި ކަނދުފައްޗެއްގައި ލ. ކުނަހަންދޫއަށް ސިއްރުން އަރައިގެން ރަށު ތެރޭގައި އުޅެނިކޮށް ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 43 އަހަރާއި، 38 އަހަރާއި 29 އަހަރުގެ ފިރިހެނުންތަކެކެވެ. މި މީހުންގެ ބަންދަށް ލ. ގަމުން މިއަދު 15 ދުވަހުގެ މުއްދަތެއް ވަނީ ކަނޑައަޅައިދީފަ އެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް