ސަން ބަދިގެ: އަސްދޫންޏެއް ތައްޔާރުކޮށްލަމާ

ސަން ބަދިގޭގައި މިއަދު މި ތައްޔާރުކޮށްލަނީ ވަރަށް ތަފާތު ޑިޝްއެކެވެ. އާންމުކޮށް މި ކައިއުޅޭ ކުކުޅާއި، މަހާއި ބީފްގެ ބަދަލުގައި "ޑަކް މީޓް" ނުވަތަ އަސްދޫނި ތައްޔާރުކޮށްލާނޭ ގޮތެކެވެ.

މި ރެސިޕީއަކީވެސް ރޯދަ ވީއްލާ ވަގުތަށް ނޫނީ ތަރާވީސް ގަޑިއަށްވެސް ކަމުދާނެ ޑިޝްއެކެވެ. މިއަދުގެ ރެސިޕީވެސް ތައްޔާރުކޮށްދިނީ ކުޅުދުއްފުށިން ލިއުޝާއެވެ.

ބޭނުންވާ ތަކެތި

  • ބޭ ލީވްސް
  • ފިޔާ
  • ހިކަނދިފަތް
  • ލޮނު
  • އަސޭމިރުސް (ފުނޑާފައި އަދި ނުފުނޑާ)
  • ސޯއީ ސޯސް
  • ލުނބޯ (ފަޅިއެއް)
  • ލޮނުމެދު
  • ބޮޑު ދިރި
  • ކުދި ދިރި
  • ހިކި މިރުސް
  • ޑަކް މީޓް

ތައްޔާރުކުރާނެ ގޮތް

ފުރަތަމަ މެރިނޭޑް ތައްޔާރުކުރުމަށްޓަކައި ދެ ވައްތަރުގެ ދިރި، ލޮނުމެދު، މިރުސް އަސޭމިރުސް. ހިކިމިރުސް ކުޑާ ފެންފޮދަކާއި އެކީގައި ފުނޑާލާށެވެ. އެއަށްފަހު ޑަކްގައި ލޮނާއި އަސޭމިރުސް ރަނގަޅަށް ހޭކުމަށްފަހު އުނދުން މަތީގައި އާވިން މަޑުގިނީގައި 10 މިނިޓާއި 20 މިނިޓުވަންދެން ބަހައްޓާށެވެ.

އެއަށްފަހު ބްރޮތްއާއި ޑަކްމަސް ވަކިން ބަހައްޓާށެވެ. އެއަށްފަހު ފިޔާ، ބާކީ ހުރި ލޮނުމެދު، ހިކަނދިފަތް، ތެއްޔަށްއަޅާ މުށިކުލަ އަރަންދެން ރަނގަޅަށް ރަތްކޮށްލާށެވެ. އެއަށްފަހު ތައްޔާރުކުރި ޕޭސްޓާއި ސޯއީ ސޯސް، ބޭލީވްސް އަދި ބްރޮތްކޮޅު އަޅާ މިކްސްކޮށްލުމަށްފަހު ބޮކިއަރަންދެން ބަހައްޓާށެވެ.

އެއާއެކު ޑަކްމަސްކޮޅު އަޅާ މަތިޖެހުމަށްފަހު 30 މިނިޓްވަންދެން ނުވަތަ ދިޔަތައް މަސްތަކުގެ ތެރެއަށްވަންނަންދެން 30 މިނިޓް ކައްކާލާށެވެ. ނިމުމުން ލުނބޯހުތްކޮޅު ޖަހާ ސާރވްކޮށްލާށެވެ.

comment ކޮމެންޓް