ދަރިވަރުން އިންޓަނެޓް ބޭނުން ކުރާއިރު ފާރަވެރިވާން އިލްތިމާސްކޮށްފި

އިސްކަންދަރު ސްކޫލުގެ ދަރިވަރުން ޓެބްލެޓް ބޭނުންކުރަނީ-- ފޮޓޯ: އިސްކަންދަރު ސްކޫލު

މިދުވަސްވަރު ދަރިވަރުން އިންޓަނެޓް ބޭނުންކުރާއިރު ބެލެނިވެރިން ސަމާލުވާން އެޑިއުކޭޝަން މިނިސްޓަރު އިލްތިމާސްކޮށްފި އެވެ.

ކޮވިޑް-19 އާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ މިހާރު އޮތް ހާލަތައް ކަންތައް ހިނގައިދާނެކަމަށް މިނިސްޓްރީންވެސް ކުރިން ހީ ނުކުރާ ކަމަށެވެ.

ކޮވިޑްއާ ގުޅިގެން މިހާރު ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލައިފައިވާތާ މިހާރު މަސްދުވަސް ވާން މިހާރު ވަނީ ކައިރިވެފައެވެ. އަދި ބައެއް ގްރޭޑްތަަކަށް މިހާރު ކިޔެވަމުންދަނީ އޮންލައިންކޮށެެވެ.

ދިރާގާއ އުރީދޫ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީ މިހާރު ވަނީ ފަސްޖީބީގެ ޑޭޓާ ޕެކެއްވެސް ހިލޭ ދޭން ފަށައިފައެވެ.

" ބެލެނިވެރިންނަށް ބުރައަކަށް ނުވާގޮތަށް ދަރިވަރުން އިންޑިޕެންޓްކޮށް އެކަންކަން ކުރެވޭނެ ގޮތަކަށް މިކަންކަން އިންތިޒާމްކުރަން. ނަަމަވެސް ދަރިވަރުން ފިލާވަޅުތައް ނަގާތޯ ދަރިވަރުން ޓީވީ ބަލާތޯ އެކަންކަން މޮނީޓާކޮށްދެއްވާފައި ބެލެނިވެރިން އިންޓަނެޓް ކަހަަލަ އެއްޗެތި ބޭނުންކުރާއިރު އޭގެން ދިމާވެދާނ ނޭދެވޭ ކަންތައްތަކަށް ސަމާލުވުމަށް އިލްތިމާސްކުރަން" މިނިސްޓަރު ވިދާޅުވިއެވެ.

އެކަމަށް ބެލެނިވެރިން ހޭލުންތެރިކުރަން ދެ ގައިޑެއް ނެެރެފައިވާކަމާއި އަދި އެ ގައިޑްތައް ވެބްސައިޓުން މިހާރު ޑައުންލޯޑް ކުރެވޭނެ ކަަމަށްވެސް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް