ކަސްޓަމްސްގެ ވެރިޔާ، ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަހުމަދު ނުއުމާން އަވަހާރަވެއްޖެ އެވެ.
އޭނާ ނިސްބަތްވާ، އަދާލަތު ޕާޓީއިން އެކަން ކަށަވަރުކޮށްދީ ވަނީ ޓްވީޓެއް ވެސް ކޮށްފަ އެވެ. ނުއުމާނަކީ، އަދާލަތު ޕާޓީގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީގެ ރައީސްވެމެ އެވެ.
ނުއުމާން އިންޑިއާއަށް ދަތުރުކުރެއްވީ، ބޭސްފަރުވާއަށެވެ. އޭނާ އާލަސްކަންފުޅާ އުޅުއްވާތާ ދުވަސްކޮޅެއް ވެއްޖެކަން ވަނީ އެނގިފައެވެ.
ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގައި މެމްބަރެއްގެ ގޮތުގައި އިންނަވާ ނުއުމާން ކަސްޓަމްސްގެ ވެރިއަކަށް އައްޔަން ކުރެއްވީ ޑިސެމްބަރު 11، 2018 ގައެވެ. އޭނާ އަކީ އަދާލަތު ޕާޓީގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީގެ ޗެއާކަންވެސް ކުރެއްވި ބޭފުޅެކެވެ.
ނުއުމާން ވަނީ ފެނަކަ ކޯޕަރޭޝަންގެ ޗެއާމަންގެ މަގާމުގެ އިތުރުން ސްޓެލްކޯ އާއި ހައުސިން މިނިސްޓްރީގައި ވެސް ކުރިން މަސައްކަތް ކުރައްވައިފަ އެވެ.