އއ. މާޅޮހުގެ މަސް ފެކްޓްރީގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އއ. މާޅޮސް -- ފޮޓޯ: ރަންފަރު

އއ. މާޅޮހުގައި ހުންނަ މަސް ފެކްޓްރީގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާ ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓް މިއަދު 06:45ގައި ރިޕޯޓްކޮށްފައިވާ ކަަމަށެވެ.

ރޯވި އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ. އެ ހާދިސާގައި ފެކްޓްރީއަށް ލިބުނީ ކިހާވަރެއްގެ ގެއްލުމެއް ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

އެ މައްސަލަ ފުލުހުން މިހާރު ދަނީ އިތުރަށް ތަހުގީގް ކުރަމުންނެވެ.

comment ކޮމެންޓް