ސޫރިޔާވަންޝީ ރިލީޒްކުރާ ތާރީހު އަވަސްކޮށްފި

ފިލްމުގައި އަކްޝޭ ފެނިގެންދާ ގޮތް---

ރޯހިތު ޝެޓީ ޑައިރެކްޓްކޮށް އުފައްދާ ފިލްމު "ސޫރިޔަންވަންޝީ" ރިލީޒްކުރާ ތާރީހު ހާމަކޮށްފި އެވެ.

އަންނަ މަހުގެ 27 ގައި މި ފިލްމު ކުރިން ރިލީޒްކުރަން ނިންމި ނަމަވެސް މިހާރު މި ފިލްމު ރިލީޒްކުރާނީ އަންނަ މަހުގެ 24 ވަނަ ދުވަހުއެވެ. ދަރުމާ ޕްރޮޑަކްޝަންސް އިން ޕްރޮޑިއުސްކުރާ ފިލްމަކީ ހުރިހާ ރަހަތަކެއް އެކުލެވިގެންވާ ފިލްމެކެވެ.

އެ ފިލްމަކީ އޮރިޖިނަލް ވާހަކައެއްގެ މައްޗަށް ކުޅޭ ފިލްމެކެވެ. އަކްޝޭ ކުމާރު ފިރިހެން ލީޑުން ފެނިގެންދާއިރު މި ފިލްމުގެ ބަތަލާ އަކީ ކެޓްރީނާ ކެއިފްއެވެ. ކެޓްރީނާ މި ފިލްމުން ފެނިގެންދާނީ ޑަކްޓަރެއްގެ ރޯލުން ކަމަށް ހަބަރުތައް ބުނެއެވެ.

އަކްޝޭ ކުމާރާއި ރަވީނާ ޓަންޑަން ލީޑް ރޯލުން ފެނިގެން ދިޔަ ފިލްމު "މޮހޮރާ" ގެ ހިޓް ލަވަ "ޓިޕް ޓިޕް ބަރްސާ ޕާނީ" ގެ އާ ވާޝަނެއް މި ފިލްމުން ފެނިގެންދާނެއެވެ.

comment ކޮމެންޓް