ކައުންސިލް އިންތިހާބު ވޯޓާސް ލިސްޓަށް ލިބުނީ 373 ޝަކުވާ: އީސީ

(ކ-ވ) އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ފުއާދު ތައުފީގު، ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް އަދި ނައިބު ރައީސް އަހްމަދު އަކްރަމް -- ފޮޓޯ: އިލެކްޝަންސް ކޮމިޝަން

ކުރިއަށް އޮތް ކައުންސިލް އިންތިހާބްގެ ވޯޓާސް ލިސްޓާ ގުޅޭގޮތުން މިހާތަނަަށް ލިބިފައިވަނީ ޖުމްލަ 373 ޝަކުވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފި އެވެ.

ކައުންސިލް އިންތިހާބުގެ ވޯޓާސްލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހަމަވީ އިއްޔެ އެވެ.

ވޯޓާސް ލިސްޓުގައި ބުނާގޮތުން ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބުގައި 269،562 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެއެވެ.

ކައުންސިލް އިންތިހާބު ބާއްވާނީ އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު އެވެ.

އެ އިންތިހާބުގައި 980 ކައުންސިލަރުން އިންތިހާބު ކުރާނެ އެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު، ކައުންސިލްތަކުގެ 33 ޕަސަންޓް އަންހެނުންނަށް ހާއްސަ ކުރަން ޖެހެއެވެ. އަދި އާބާދީ 3،000 އަށް ވުރެ މަތީގެ ރަށްތަކަށް ހަތް ކައުންސިލަރުން ހޮވަން ޖެހެއެވެ.

އިންތިހާބުގައި ވާދަކުރަން ބައެއް ޕާޓީތަކުން މިހާރު ދަނީ ޕްރައިމަރީތައް ބާއްވަން ތައްޔާރުވަމުންނެވެ.

comment ކޮމެންޓް