ކޮރޯނާ ވައިރަސްއަށް ރާއްޖެއިން ޝައްކު ކުރެވޭ ކޭހެއް ނެތް ކަމަށާއި ނަމަވެސް ދާދި ފަހުން ޗައިނާ އިން އައި ދެ ދިވެހީންގެ އެ ބަލި ޖެހިފައިވޭތޯ ޝައްކު ކުރެވޭތޯ ބެލުމަށް ކުރުމަށް އެކަހެރި ކުރެވި، ޓެސްޓް ކުރުމަށް ފޮނުވާފައިވާ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.
ދާދި ފަހުން ޗައިނާ އިން މާލެ އައި 20 އަހަރުގެ ޒުވާނަކު ރޭ ވަނީ ފުނަދޫގައި ކަރަންޓީން ކުރެވިފައެވެ.
ކޮރޯނާ ވައިރަސްއާ ގުޅިގެން އެންމެ ފަހުގެ މައުލޫމަތު ހާމަ ކުރުމަށް ހެލްތު މިނިސްޓްރީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީން ވިދާޅުވީ، ވަރަށް ގިނަ މީހުން ހުން އައިސް ރޯގާ ޖެހުމުން މިނިސްޓްރީގެ ހޮޓްލައިންނަށް ގުޅުއްވަމުން ގެންދަވާ ކަމަށާއި ނަމަވެސް މި ބައްޔަށް އިތުރަށް ޝައްކު ކުރެވޭ މީހަކު ރާއްޖެ އިން ނުފެންނަ ކަމަށެވެ. އަދި އެގޮތަށް ރިޕޯޓު ކުރުމުން ކިރިޔާވެސް ޝައްކެއް އުފެދިގެން ނުވަތަ ޗައިނާ އިން އައި މީިހެއް ނަމަ، ދުނިޔޭގެސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ މިންގަޑަށް ޝައްކު ކުރެވޭ ހާލަތަށް އަންނަ މީހެއްތޯ ބެލުމަށް އިތުރަށް ބަަލާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެގޮތުން އިތުރަށް ބެލުމަށްޓަކައި އަޅުގަނޑުމެން އިތުރަށް ބެލުމަށްޓަކައި ދެ ފަރާތެއް މޮނީޓާ އެބަ ކުރަން. އެއީ ސަސްޕެކްޓް [ބައްޔަށް ޝައްކު ކުރެވޭ] ހާލަތެއް އަންނަ މީހެއްތޯ ބެލުމަށް ކަށަވަރު ކުރުމަށް،" އަމީން ވިދާޅުވިއެވެ.
"މި ބަލަނީ ސްޕެކްޓެސް ގިންތިއަށް ފެތޭތޯ ނޫންތޯ ސުވާޅެއް އުފެދިއްޖެ ނަމަވެސް އަޅުގަނޑުމެން ބޭނުން އެ ސާމްޕަލްއެއް ޓެސްޓް ކުރަން ފޮނުވަން. އަދި ސްޕެކްޓެޑް ގިންތިއަށް ނުފެތުނު ނަމަވެސް އަޅުގަނޑުމެންނަށް ބޭޏުންވޭ ޓެސްޓް ކުރުމަށް،"
އަމީން ވިދާޅުވީ، އެ ދެ މީހުންނަކީ ބަލީގެ ކްރައިޓީރިއާއަށް ފެތޭ ދެ މީހުން ނޫން ކަމަށާއި އެ ދެ ނަމަވެސް އެ ދެމީހުންވެސް މިހާރު ފުނަދޫގައި އެކަހެރި ކުރެވިފައިވާ ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޑރ. އަލީ ލަތީފު ވިދާޅުވީ، ރޭ އެކަހެރި ކުރި ޒުވާނާގެ ހާލު ރަނގަޅު ކަމަށެވެ. އެހެން ނަމަވެސް ވަކި މުއްދަތަކަށް އެކަހެރި ކުރަން ޖެހޭތީވެ އޭނާ އެކަހެރި ކުރީ ކަމަށް އޭނާ ވިދާޅުވިއެވެ.
"[އެ ޒުވާނާގެ] އެއްވެސް ކަހަލަ ކޮމްލިކޭޝަނެއް ނެތް. އެހެން ނަމަވެސް ވަކި މުއްދަތަކަށް އައިސޮލޭޓް ކުރަން ޖެހޭތީ ވަކި މުއްދަތަށް މޮނީޓާ ކުރަމުން ދަނީ،" އެއީ އަދި ސަަސްޕެކްޓެޑް ކޭސްއެއް. ކޮންފޮމޭޝަން އަންނާނީ ނަތީޖާ ލިބުމުން،" ޑރ. އަލީ ރަޝީދު ވިދާޅުވިއެވެ.
މިނިސްޓަރު އަމީން ވިދާޅުވީ، ޓެސްޓްތަކުގެ ނަތީޖާ އަންނާނީ އަންނަ އާދިއްތަ ދުވަހު ކަމަށެވެ.
މިހާރު ކަރަންޓީން ކުރެވިފައިވާ މީހާއާ ދެމެދު އެވެސް ކޮންޓެކެޓެއް ވެފައިވޭތޯ ސުވާލު ކުރުމުން އަމީން ވިދާޅުވީ، އޭނާ މާލެ އައިސް ގެޔަށް އައުމާއެކު އޭނާއާ މެދު އަމަލު ކުރަމުންދިޔައީ އޭނާގެ ގޭގައި އޭރު އިއްތިފާގުން ހުންނެވި މެޑިކަލް ބޭފުޅެއް ކަމަށެވެ. ނަމަވެސް ސީދާ ކޮންޓެކްޓްވި މީޙުންގެ ތަފްސީލެއް އަމީން ނުދެއްވައެވެ.
"އަޅުގަނޑުމެންގެ ޕްރޮޓޮކޯލަތަކަށް އަހުލުވެރި ސިއްހީ ދާއިރާގެ ބޭފުޅެއް އެ ގޭގައި ހުންނެވި. އެ ރޫމްގައި [ވަކިން] ހުންނެވިވުމަށް ފަހު އަނެއް ދުވަހު އޭނާ ހިނގާފައި ދިޔައީ ސެނެހިޔާއަށް. ދިޔުމުގެ ތެރޭ އެއްވެސް މީހަކަށް ކޮންޓެކްވި ކަމަށް މައުލޫމާޓުވެފައި ނެތް،" އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ، އޭނާއާ މުއާމަލާތް ކުރިވި ކޮންމެ ފަރާތެއްވެސް އަމަލު ކުރައްވަނީ އެ އަމަލު ކުރައްނ ޖެހޭ ގޮތަށް ރައްކާތެރި ކަމުގެ ފިޔަވަޅު އަޅައިގެން ކަމަށެވެ. އެގޮތުން އޭނާގެ އާއިލާ ބޭފުޅުންނާއި އޭނާ ބެއްލެވި ޑޮކްޓަރުންވެސް މިނިސްޓްރީގެ ލަފާގެ މަތިން އަމަލު ކުރައްވަމުން ގެންދަވާކަމަށެވެ.
ޗައިނާގެ ވުހާން ސިޓީން ފެތުރި، މިހާރު މުޅު ދުނިޔެއަށްވެސް ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސްއަށް މިހާތަނަށް 9،500 އަށް ވުރެ ިނަ މީހުން ދުނިޔޭގެ އެކި ގައުމުތަކުންވަނީ ޕޮޒިޓިވް ވެފައެވެ. އަދި މަރުވި މީހުންގެ އަދަދު ވަނީ 200 އަށް އަރާފައެވެ.