ޗައިނާގައި ތިބި ދިވެހިން ހިލޭ ރާއްޖެއަށް އައުމުގެ ފުރުސަތު ރައީސް ފަހިކޮށްދެއްވައިފި

ރައީސް ސޯލިހު -- ސަން ޕޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ޗައިނާގެ ފަސް ސިޓީއެއްގައި ތިބި ދިވެހިން ހިލޭ ރާއްޖެއަށް އެނބުރި އައުމުގެ ފުރުސަތު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިހު ނިންމަވައިފި އެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި ފުރުސަތު މޯލްޑިވިއަން އިން ޗައިނާއަށް ދަތުރުކުރާ ފަސް ސިޓީގައި ތިބި ދިވެހިންނަށް ލިބިގެންދާނެ ކަމަށެވެ.

އެ ފަސް ސިޓީއަކީ ޗޮންގްކިންގް، ޗެންގްޑޫ، ހަންގްޒޫ، ނަންގްޖިންގް އަދި ޒިއާން އެވެ.

ޗައިނާއިން ރާއްޖެއަށް އެނބުރި އަންނަން ބޭނުންވާ ދިވެހިން ޗައިނާގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ގުޅައިގެން އެކަން ކުރިއަށް ގެންދިއުމަށް ވެސް މިނިސްޓަރުގެ ޓުވީޓުގައި އިރުޝާދު ދެއްވި އެވެ.

ޗައިނާގައި ތިިބި ދިވެހިން ރާއްޖެއަށް ހިލޭ އައުމުގެ ފުރުސަތު ދެއްވަން ރައީސް ޞާލިހު ނިންމެވިއިރު، މި ދަނޑިވަޅަކީ ޗައިނާގައި ހަލުވި ކަމާއެކު ނޮވެލް ކޮރޯނާ ވައިރަސް ނަމަކަށް ކިޔާ ބައްޔެއް ފެތުރަމުން އަންނަ ދުވަސްވަރެކެވެ.

ދުނިޔޭގެ އެކި ގައުމުތަކުން ވެސް މި ބަލި ފެންނަމުން އަންނައިރު، މިހާތަނަށް 4515 އަށްވުރެ ގިނަ މީހުން މި ބައްޔަށް ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި މި ބަލި ޖެހިގެން މިހާތަނަށް 106 މީހަކު ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް