އޮލިމްޕަސް ދޫކުރަން ނުފަށާތީ ކަންބޮޑުވެއްޖެ

ފިލްމު ބެލުމަށް އޮލިމްޕަސް ކައިރިއަށް އާންމުން ޖަމާވެފައި--- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ފިލްމުތައް އޮލިމްޕަހުގައި ދެއްކުމަށް އޮލިމްޕަސް ދޫކުރަން ނުފަށާތީ ޕްރޮޑަކްޝަން ސްޓޫޑިއޯ ޑާކްރެއިން އެންޓަޓެއިންމަންޓުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ޑާކްރެއިނުން ކުރި ޓްވީޓެއްގައި ބުނީ މިއަހަރު ދެއްކުމަށް ނިންމާފައިވާ ފިލްމުތައް ވެސް އަޅުވާނެ ތާރީހެއް އަދިވެސް އިއުލާން ނުކުރެވިގެން އުޅެނީ އޮލިމްޕަސް ކުއްޔަށް ދޫކުރަން ނުފަށާތީ ކަމަށެވެ. އަދި ފިލްމުތައް އެޅުވުމަށް އޮލިމްޕަސް ނެގުމަށްފަހު އެ ތާރީހުގައި ފިލްމުތައް އަޅުވާފައި ނުވާ ކަމަށާއި އެކަމުގެ ސަބަބުން އެހެނިހެން ޕްރޮޑިއުސަރުންނަށް ދަތިކަންތައްތަކެއް ދިމާވެފައިވާ ކަމަށް ވެސް ޑާކްރެއިން އިން ބުންޏެވެ.

ޑާކްރެއިންގެ ޓްވީޓްގައި ބުނީ އެ މައްސަލަތައް ހައްލުކުރުމަށް އޮލިމްޕަސް ކުއްޔަށް ނަގައި ތާރީހުތަކުގައިވެސް އެ ތާރީހުގައި ފިލްމުނާޅުވާނަމަ ވެސް އެންސީއޭއިން ފައިސާ ނެގުމަށެވެ.

އެންސީއޭގެ އެގްޒެކްޓިވް ޑިރެކްޓަރު އަހްމަދު އަޒްމީލް "ސަން" އަށް ވިދާޅުވީ އޮލިމްޕަސް ކުއްޔަށް ދޫކުރުމުގެ އުސޫލަށް ބަދަލުތަކެއް ގެންނާތީ އޮލިމްޕަސް ކުއްޔަށް ދޫކުރަން މަޑު ޖައްސާލައިފައިވާ ކަމަށެވެ. އަދި މި ހަފްތާތެރޭ އޮލިމްޕަސް ކުއްޔަށް ދޫކުރެވޭނެކަމަށް ލަފާކުރެވޭ ކަމަށް ވިދާޅުވި އެވެ.

ޑާކްރެއިން އެންޓަޓެއިންމަންޓުން ވަނީ ގޮށްރާޅު އަދި މާމުއި އަލުން އޮލިމްޕަސް ސްކްރީނަށް ގެނައުމަށް ނިންމާފަ އެވެ. އެ ފިލްމު ކުންފުނިން މިއަހަރު އެންމެ ފުރަތަމަ ގެނެސްދޭނެ ފިލްމަކީ ނޮވެމްބާ އެވެ.

comment ކޮމެންޓް