ޔޫއްޕެ ޕްރޮޑަކްޝަންގެ އާ ދިވެހި ސީރީޒެއް ދިރާގު ޓީވީއަށް!

އާ ސީރީޒެއް އުފައްދަން ދިރާގުޓީވީ އާއި ޔޫއްޕެ ޕްރޮޑަކްޝަން އާދެމެދު އެއްބަސްވުމުގައި ސޮއިކުރުން -- ފޮޓ÷/ދިރަގު

ދިރާގު ޓީވީއިން މަޝްހޫރު ދިވެހި ފިލްމީ ތަރި ޔޫސުފް ޝަފީއު (ޔޫއްޕެ)ގެ ޔޫއްޕެ ޕްރޮޑަކްޝަން އާއެކު މުޅިން އާ ދިވެހި ސީރީޒެއް އުފެއްދުމަށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ދިރާގުން ބުނީ މި އަހަރުގެ ތެރޭގައި އެ ސީރީޒް ދިރާގުޓީވީގެ ވީޑިއޯ އޮން ޑިމާންޑް ލައިބުރަރީން އާންމުންނަށް ފެނިގެންދާނެ ކަމަށެވެ.

ޔޫއްޕެ ޕްރޮޑަކްޝަން އަކީ 2004 ވަނަ އަހަރު ޔޫއްޕެ އުފެއްދި ފިލްމު ކުންފުންޏެކެވެ.

ދިރާގު ޓީވީން ކުރިއަށް އޮތް ތާނގައިވެސް ދިވެހި ފިލްމީ އުފެއްދުންތަކަށް އެއްބާރުލުންދީ ދިވެހި އުފެއްދުންތަކަށް އޮން ޑިމާންޑް ޕްލެޓްފޯމުގައި ހާއްސަ ފުރުސަތުތައް ފަހިކޮށްދެމުން ދާނެ ކަމަށް ދިރާގުން ބުންޏެވެ.

އެގޮތުން ދިރާގުގެ އަމާޒަކީ ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތަކުގެ ޒަރިއްޔާއިން ދިވެހި ފިލްމީ ދާއިރާ ކުރިއެރުވުމަށް މަގުފަހިކޮށް، އިތުރު ހަރުފަތަކަށް އެ ދާއިރާ ގެންގޮސްދިނުން ކަމަށާއި ދިރާގުން މަސައްކަތްކުރަނީ ވީއޯޑީ ލައިބްރަރީ އިތުރަށް ފުޅާކޮށް، މުއްސަނދިކޮށް ވީހާވެސް ގިނަ ދިވެހި ކޮންޓެންޓް ފަސޭހަކަމާއެކު ބެލުންތެރިންނާ ހަމައަށް ފޯރުކޮށްދިނުމަށް ކަމަށެވެ.

ދިރާގު އޮން ޑިމާންޑް

އޮން ޑިމާންޑްއަކީ މައުލޫމާތާއި މުނިފޫހިފިލުވުމުގެ ކޮންޓެންޓް ބޭނުން ގަޑިއެއްގައި އަދި ބޭނުންތަނެއްގައި ބަލާލެވުމުގެ ފުރުސަތު ހުޅުވައިދޭ ޒަމާނީ ޕްލެޓްފޯމެކެވެ.

ދިރާގު ޓީވީގެ އޮން ޑިމާންޑް ފީޗާ ބޭނުންކުރާނެ ގޮތް

ދިރާގު ޓީވީގެ އޮން ޑިމާންޑް ޕްލެޓްފޯމް ފަރުމާކުރެވިފައިވަނީ ކަސްޓަމަރުންނަށް ބޭނުންކުރަން ފަސޭހަވާނެ ފަދަ ގޮތަކަށެވެ. އެގޮތުން ދިރާގު ޓީވީގެ "ހޯމް ސްކްރީން" ގައި ވާ "އޮން ޑިމާންޑް" ޖަހާފައިވާ ބަޓަން އަށް ފިއްތަވާލުމުން އޮން ޑިމާންޑް ކޮންޓެންޓްތައް ބައްލަވާލެވޭނެއެވެ.

ދިރާގުން މަސައްކަތް ކުރަމުން ދަނީ ދިރާގު ޓީވީ އިން ޚަބަރާއި މުނިފުހިފިލުވުމުގެ ޕްރޮގްރާމުތައް އެންމެ ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނާ ހަމަޔަށް ފަސޭހަ ކަމާއި އަދި އެންމެ ހެޔޮ އަގުގައި ފޯރުކޮށްދިނުމެވެ. ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ އައިޕީޓީވީގެ ހިދުމަތެވެ. ދިރާގު ޓީވީ ތައާރަފް ކުރިތާ ވީ ދެ އަހަރު ދުވަސް ތެރޭގައި ނުހަނު ބޮޑެތި ކުރިއެރުންތަކެއް ވަނީ ގެނެސްފައިއެވެ. އެގޮތުން މިހާރު ރާއްޖޭގެ އާބާދީގެ 72 ޕަސެންޓް ޓީވީ ޚިދުމަތް ވަނީ ފޯރުކޮށްދީފައިއެވެ.

comment ކޮމެންޓް