ބިޕާޝާއާއި ކަރަންގެ ފެނިލުން ރާއްޖެއިން

ބިޕާޝާއާއި ކަރަން ރާއްޖޭގައި--- ފޮޓޯ: އިންސްޓަގްރާމް/ ބިޕާޝާ

ބޮލީވުޑްގެ މަޝްހޫރު ތަރި ބިޕާޝާ ބާސޫއާއި އޭނާގެ ފިރިމީހާ ކަރަން ސިންގް ގްރޯވާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.

އެ ދެމަފިރިން ރާއްޖެއައީ އާ އަހަރާ ދިމާކޮށެވެ.

މީގެ ކުރިންވެސް ބިޕާޝާއާއި އޭނާގެ ފިރިމީހާ ރާއްޖެއަށް އައިސްފައިވެ އެވެ.

ބިޕާޝާއާއި ކަރަން ކައިވެނިކުރީ 2016 ވަނަ އަހަރުއެވެ. އެ ދެތަރިން ހަނީމޫން ހޭދަކުރީވެސް ރާއްޖޭގައެވެ.

ރާޒް އާއި ދޫމް 2 ފަދަ ފިލްމުތައް ކުޅެފައިވާ ބިޕާޝާ ދަނީ އޭނާގެ އިންސްޓަގްރާމްގައި ރާއްޖޭގެ ރިސޯޓްގެ މަންޒަރުތައް ހިއްސާކުރަމުންނެވެ. އޭގެ ތެރޭގައި އިރު އޮއްސޭ މަންްޒަރު ހިމެނޭ ފޮޓޯއެއްވެސް ހިމެނެއެވެ.

ބިޕާޝާ އޭނާގެ އިންސްޓަގްރާމްގައި ރާއްޖެ ސިފަކޮށްފައިވަނީ ސުވަރުގެއެެއްގެ ގޮތުގައެވެ.

އާ އަހަރާ ދިމާކޮށް ބޮލީވުޑްގެ މަޝްހޫރު ތަރި ސައިފް އަލީ ހާންގެ ދެ ދަރިންވެސް މިހާރު ދަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެވެ.

ފަހަކަށް އައިސް ބޮލީވުޑްގެ މަޝްހޫރު ތަރިންގެ މަންޒިލަކަށް ރާއްޖެ ވަނީ ވެފައެވެ.

comment ކޮމެންޓް