ގުޑް ނިއުސްގެ އާމްދަނީ 100 ކުރޯޑަށް ވުރެ މައްޗަށް!

ގުޑް ނިއުސްގެ ޕޯސްޓަރެއް---

އަކްޝޭ ކުމާރު އާއި ކަރީނާ ކަޕޫރު ލީޑު ރޯލުން ފެނިގެންދާ ފިލްމު "ގުޑް ނިއުސް"ގެ އާމްދަނީ 100 ކުރޯޑަށް ވުރެ މައްޗަށް ޖެހިލައިފި އެވެ.

ފިލްމު ރިލީޒްކުރިތާ ހަ ވަނަ އަށްވީ ދުވަހު އެ ފިލްމަށް ވަނީ 100 ކުރޯޑުގެ އާމްދަނީ އެއް ލިބިފަ އެވެ. ފިލްމު އެޅުވިތާ ހަވަނަ ދުވަހު އެ ފިލްމަށް ވަނީ 117 ކުރޯޑުގެ އާމްދަނީއެއް ލިބިފަ އެވެ.

ރާޖް މެހެތާ ޑައިރެކްޓްކޮށް އުފައްދާފައިވާ ގުޑް ނިއުސްގެ ވާހަކަ ބިނާކޮށްފައި އައިވީއެފް ހެދުމުގެ ތެރޭގައި ހޮސްޕިޓަލަށް ވެވޭ އިހުމާލެއްގެ ސަބަބުން ހަތަރު މީހުންގެ ދިރިއުޅުން ބަދަލުވެގެންދާ ގޮތުގެ މައްޗަށެވެ.

އަކްޝޭ އާއި ކަރީނާގެ އިތުރުން ފިލްމުގެ މުހިންމު ރޯލުތަކުން ދިލީތު ދޯސާންޖް އަދި ކިއާރާ އަދްވާނީ ފެނިގެންދާނެ އެވެ.

ކްރިޓީކް ތަރަން އާދަޝް ވެސް ވަނީ މި ފިލްމަށް ވަރަށް ބޮޑަށް ތައުރީފްކޮށްފަ އެވެ.

comment ކޮމެންޓް