ބީއޯސީގެ ފައިސާއަށް ހިޔާނާތްވީ މުވައްޒަފަކު އެނބުރި ރާއްޖެ އައިތަނުން ހައްޔަރުކޮށްފި

ބޭންކް އޮފް ސިލޯން--- ފޮޓޯ: އިންސައިޓް މޯލްޑިވްސް/ޓުވިޓާ

ބޭންކް އޮފް ސިލޯން (ބީއޯސީ)ގެ ފައިސާއަށް ހިޔާނާތްވި ކަމަށް ތުހުމަތުވާ މުވައްޒަފަކު ފިލައިގެންގޮސް ރާއްޖެއިން ބޭރުގައި އުޅުމަށް ފަހު އެނބުރި ރާއްޖެ އައިތަނުން ހައްޔަރުކޮށްފި އެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި އެ މުވައްޒަފުގެ މައްސަލަ ފުލުހުންނަށް ހުށަހެޅިއިރުވެސް އޭނާ ހުރީ ރާއްޖެއިން ފުރައިގެން ގޮސް، ތައިލެންޑްގަ އެވެ. ފުލުހުން ވަނީ އޭނާ ހޯދުމަށް އޭރު ރެޑް ނޯޓިސް ވެސް ނެރެފަ އެވެ.

އޭނާއަށް ފުލުހުން ފާރަލަމުންދަނިކޮށް އޭނާ ރާއްޖެ އައިތަނުން ފަހުން ހައްޔަރުކުރިކަން ސަންއަށް ވަނީ ޔަގީންވެފަ އެވެ.

ނަމަވެސް އޭނާ ފަހުން ވަނީ ކޯޓުން ދޫކޮށްލައިފައިކަން ވެސް ވަނީ އެނގިފަ އެވެ.

ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެފަދަ މައްސަލައެއް ހުށަހެޅިފައިވާ ކަމަށާއި އެ މައްސަލަ މިހާރު ކޯޓުގައި ކުރިއަށްދާ ކަމަށެވެ.

އެ މައްސަލައިގައި ޕީޖީ އޮފީހުން ދައުވާކުރަން ފޮނުވީ މިދިޔަ އޮކްޓޫބަރު މަހު 17 ވަނަ ދުވަހު ކަމަށް ފީޖީ އޮފީހުން ބުންޏެވެ.

އެ މައްސަލައިގެ ތަފްސީލް ފުލުހުންގެ ފަރާތުން ވަނީ ނުލިބިފަ އެވެ. އަދި މުވައްޒަފު ހިޔާނާތްވީ ކިހާ ފައިސާއަކަށްކަމެއް ވަނީ ނޭނގިފަ އެވެ.

comment ކޮމެންޓް