އަހަރުގެ އެންމެ މޮޅު ކުންފުންޏަކަށް އުރީދޫ މޯލްޑިވްސް!

މޯލްޑިވްސް ބިޒްނަސް އެވޯޑްސް 2019 ގެ ބިޒްނަސް އޮފް ދި އިޔާ އެވޯޑް ލިބުނީ އުރީދޫއަށް-- ފޮޓޯ/ އުރީދޫ

ބިޒްނަސް އޮފް ދި އިޔާ އެވޯޑް ކާމިޔާބުކޮށް، މިއަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ކުންފުންޏަކަށް އުރީދޫ މޯލްޑިވްސް ހޮވިއްޖެ އެވެ.

އެކުންފުނިން އެ އެވޯޑް ކާމިޔާބުކުރީ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި މޯލްޑިވްސް ބިޒްނަސް އެވޯޑްސް 2019 ގެ ގާލާގަ އެވެ.

އަހަރުގެ އެންމެ މޮޅު ކުންފުނީގެ އެވޯޑު އުރީދޫއިން ކާމިޔާބުކުރިއިރު، އެކުންފުނިން ވަނީ މިދިޔަ އަހަރުގެ ބިޒްނަސް އެވޯޑްސްގައި ކާމިޔާބުކުރި ދެ އެވޯޑެއް ދިފާއުވެސް ކޮށްފަ އެވެ.

އެއީ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް އޮފް ދި އިޔާ އެވޯޑާއި އެކްސެލެންސް އިން އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން އެވޯޑެވެ.

އުރީދޫއިން ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް އޮފް ދި އިޔާ އެވޯޑު ކާމިޔާބުކުރުން-- ފޮޓޯ/ އުރީދޫ

މީގެ އިތުރުން މިއަހަރު އަލަށް ތައާރަފުކުރި ޕީޕަލްސް ޗޮއިސް އެވޯޑްސް ކެޓަގަރީން އެންމެ ރަނގަޅު ސީއެސްއާރު ޕްރޮގްރާމުގެ އެވޯޑު ވެސް ލިބުނީ އުރީދޫއަށެވެ.

އެ އެވޯޑު ލިބުނީ ޔޫއެންޑީޕީ މޯލްޑިވްސްއާއި އެޗްޑީސީއާއި ގުޅިގެން އުރީދޫއިން ކުރިއަށްގެންދާ ސްމާޓް ސިޓީސް ޕްރޮޖެކްޓަށެވެ.

އެވޯޑު ހަފްލާގައި ވާހަކަ ދައްކަވަމުން އުރީދޫގެ ޑިރެކްޓަރ ސޭލްސް، ޑިސްޓްރިބިއުޝަން އެންޑް ބްރޭންޑް ހުސައިން ނިޔާޒު ވަނީ އެކުންފުނީގެ ހުރިހާ މުވައްޒަފުން ކުރާ މަސައްކަތްތައް ފާހަގަކޮށް، އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފަ އެވެ.

މިއަހަރުގެ ބިޒްނަސް އެވޯޑްސް 2019 ގައި ފަސް ދާއިރާއަކުން ޖުމްލަ 29 ކެޓަގަރީއަކުން އެކި ފަރާތްތަކަށް ވަނީ އެވޯޑް ދީފަ އެވެ.

އަހަރެއްގެ މުއްދަތުގައި ވިޔަފާރިތަކުން ހޯދާ ކުރިއެރުންތައް ފާހަގަ ކުރުމުގެ ގޮތުން ދޭ ބިޒްނަސް އެވޯޑްސްގެ އެންމެ ފުރަތަމަ ހަފްލާ ބޭއްވީ މިދިޔަ އަހަރުގަ އެވެ.

އެ އެވޯޑް ހަފްލާއަކީ މާކެޓިންް، ޕަބްލިކް ރިލޭޝަންސް އަދި ބިޒްނަސް މެނޭޖްމަންޓް ކުންފުންޏެއް ކަމަށްވާ ބްލޭޒަން އިންކޯޕަރޭޓަޑްއިން ބާއްވާ އެވޯޑް ހަފްލާއެކެވެ.

comment ކޮމެންޓް