ފެނަކައިގެ އިންޖިނިއަރުންގެ މަހާސިންތާ ފަށައިފި

ފެނަކައިން މިއަދު ފެށި އިންޖިނިއަރިން މަހާސިންތާގެ ތެރެއިން--- ފޮޓޯ: ފެނަކަ

ފެނަކަ ކޯޕަރޭޝަނުން އެ ކުންފުނީގައި މަސައްކަތް ކުރާ ފަންނީ މުވައްޒަފުންނަށް އަމާޒުކޮށް " އިންޖިނިއަރުންގެ މަހާސިންތާ" ގެ ނަމުގައި މަހާސިންތާއެއް ފަށައިފި އެވެ.

މިއަދު ހެނދުނު ދަރުބާރުގޭގައި ފެށި އެ މަހާސިންތާ ޝަރަފްވެރިކޮށްދެއްވީ ނާއިބު ރައީސް ފައިސަލް ނަސީމްއެވެ.

ފެނަކައިން ބުނީ އެ މަހާސިންތގައި އެ ކުންފުނީގެ 152 ބްރާންޗްއިން 189 މުވައްޒަފުން ބައިވެރިވާ ކަމަށެވެ.

އެ މަހާސިންތާ މިރޭގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ ފެނަކައިން މިހާރު ކަރަންޓް ފޯރުކޮށްދެމުންދާ ރަށްރަށުގައި މެދުކެނޑުމެއް ނެތި 24 ގަޑިއިރު ހިދުމަތް ދީ އެ ރަށްރަށުގެ އިންޖީނުގެއަށް ދިމާވަމުންދާ ގޮންޖެހުންތައް ދެނެގަނެ އެ ކަންކަމަށް ހައްލު ހޯދޭނެ ގޮތްތަކާ ގުޅޭނެ ގޮތްތަކާ މެދު މަޝްވަރާކުރުމުގެ ގޮތުން ފެނަކައިގެ އިންޖިނިއަރުންނާއި ބްރާންޗްތަކުގައި މަސައްކަތް ކުރާ ފަންނީ މުވައްޒަފުން އެއްތާކުން ބައްދަލުވެވޭނެ ގޮތް ހޯދައިދިނުމުގެ ގޮތުން ފެށި މަހާސިންތާއެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

އިންޖިނިއަރިން މަހާސިންތާއެއް މިއަދު ފެށިއިރު ފެނަކައިން ދާދި ފަހުން ވަނީ އެ ކުންފުނިން ހިދުމަތްތައް ދެމުންދާ ރަށްރަށުގެ އިންޖީނުގެތަކުގެ ބަދަލުގައި އާ އިންޖީނުގެތައް އަޅައި އެ ރަށްރަށުގެ ކަރަންޓް ނެޓްވޯކް އަޕްގްރޭޑްކޮށް ކަރަންޓް ދޭ ކެޕޭސިޓީ އިތުރުކުރުމަށް މަސައްކަތް ކުރުމުންނެވެ.

comment ކޮމެންޓް