ސައިފް ކައިވެންޏަށް އެދުމުން ދެ ފަހަރަށް ނޫނެކޭ ބުނިން: ކަރީނާ

ކަރީނާ އާއި ސައިފް--

ކާމިޔާބު ބަތަލު ސައިފް އަލީ ޚާން އާ ކައިވެނިކުރުމުގެ ކުރިން ދެ ފަހަރެއްގެ މަތިން ކައިވެންޏަށް އިންކާރުކޮށް، ހުށައެޅުމަށް ނޫނެކޭ ބުނިކަމަށް ބަތަލާ ކަރީނާ ކަޕޫރު ބުނެފި އެވެ.

ޕިންކްވިލާއަށް ދިން އިންޓަވިއެއްގައި ކަރީނާ ބުނީ ސައިފް އޭނާ ގާތު އެންމެ ފުރަތަމަ ކައިވެނިކުރަން ހުށައެޅީ 2008 ވަނަ އަހަރު ނެރުނު ފިލްމު "ތަޝަން" ޝޫޓިން ތެރޭގައި އުޅެނިކޮށް ކަމަށެވެ. އެ ފިލްމުގައި ކަރީނާގެ އިތުރުން ސައިފް ވެސް ހަރަކާތްތެރިވެ އެވެ.

ދެވަނަ ފަހަރަށް ކައިވެނިކުރުމަށް އެދުމުން ވެސް ހުރީ ޔަގީންނުވާ ހާލަތެއްގައި ކަމަށް އޭނާ ބުންޏެވެ. ސައިފް އާ ކައިވެނިކުރުމަށް އޭނާ އެދުނު ކަމަށާއި އޭގެ ޖަވާބަކަށް ކަރީނާ ދިނީ "އަހަރެންނަށް ސައިފް އެއް ނޭނގޭ" ކަމަށެވެ. އަދި ސައިފް އިތުރަށް ދަސްކުރަން ބޭނުންވާ ކަމަށެވެ.

އިތުރަށް ވާހަކަދައްކަމުން ކަރީނާ ބުނީ މިހާރު ސައިފް އާ ކައިވެނިކުރުމުން ވަރަށް އުފާވާ ކަމަށާއި އަދި ކައިވެންޏާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. އަދި އޭނާގެ ހަޔާތުގައި ނެގުނު އެންމެ ރަނގަޅު ފިޔަވަޅަށް މިކަން ވެގެންދިޔަ ކަމަށްވެސް އޭނާ ބުންޏެވެ.

ކަރީނާ އާއި ސައިފް ކައިވެނިކުރީ 2012 ވަނަ އަހަރު އެވެ. އެދެމަފިރިންނަށް އަލަތު ދަރިއެއް ލިބުނީ 2016 ވަނަ އަހަރު އެވެ. އެދެމީހުންގެ ދަރިފުޅު ތައިމޫރަށް މިހާރު ވަނީ ތިން އަހަރުވެފަ އެވެ.

comment ކޮމެންޓް