ބްރޭކަކަށްފަހު އައިސް ޔޫއްޕެ، ބޮޑެތި ހުރިހާ އެވޯޑެއް ނަގައިފި

ނުވަވަނަ ދިވެހި ފިލްމް އެވޯޑްސްގެ އެންމެ މޮޅު އެކްޓަރާއި ޑައިރެކްޓަރުގެ އެވޯޑު ލިބުނު ޔޫސުފް ޝަފީއު (ޔޫއްޕެ) -- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

ނުވަވަނަ ފިލްމު އެވޯޑްސްގެ އެންމެ މޮޅު ޑިރެކްޓަރުކަމާއި އެންމެ މޮޅު އެކްޓަރުގެ އެވޯޑު ޔޫސުފް ޝަފީއު (ޔޫއްޕެ) ހޯދައިފިއެވެ.

މިރޭ ކުރިއަށްދާ ފިލްމު އެވޯޑްސްގައި ޔޫއްޕެ ވަނީ "ދެވަންސޫރަ" ފިލްމުން ޖުމްލަ ހަތަރު އެވޯޑެއް ހޯދާފައެވެ.

އެއީ ފިލްމު ދެވަންސޫރަ އިން ބެސްޓް އެޑިޓިން އެވޯޑާއި ފިލްމު ދެވަންސޫރަ އިން ބެސްޓް ސްކްރީންޕްލޭ އެވޯޑުގެ އިތުރުން އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑެވެ. ޔޫއްޕެ ބުނީ މި އެވޯޑްތަކަކީ ލިބޭނެކަމަށް އުންމީދުކުރި އެވޯޑްތަކެއްވެސް ނޫންކަމަށެވެ.

އެވޯޑު ހަފްލާގައި ޔޫއްޕެ ބުނީ ގިނަ ދުވަސްތަކަކަށްފަހު އެވޯޑު ލިބުމުން ވަރަށް ހިތްހަަމަޖެހިއްޖެ ކަމަށެވެ.

މީގެކުރީގެ ފިލްމު އެވޯޑްތަކުގައި އޭނާއަށް ވަނީ ޖެހިޖެހިގެން ތިން އަހަރު އެންމެ މޮޅު ބަތަލުގެ އެވޯޑް ލިބިފައެވެ.

ނުވަވަނަ ދިވެހި ފިލްމް އެވޯޑްސްގެ އެންމެ މޮޅު އެކްޓަރާއި ޑައިރެކްޓަރުގެ އެވޯޑު ލިބުނު ޔޫސުފް ޝަފީއު (ޔޫއްޕެ) -- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

ފިލްމު ދެވަންސޫރައިގައި ޔޫއްޕެ ދައްކުވައިދީފައިވާ އެކްޓިންއަށް ގިނަ ބަޔަކު ތައުރީފްކުރިއެވެ.

އެވޯޑަށް ޔޫއްޕެ އާ އެންމެ ގާތުން ވާދަކުރީ ރަވީ ފާރޫގް، ޖުމައްޔިލް ނިމާލް، އިސްމާއިލް ޒުހައިރުގެ އިތުރުން މި އެވޯޑަށް އަލަށް ނޮމިނޭޓްވި މުހައްމަދު މުންތަސިރުއެވެ.

comment ކޮމެންޓް