ވެލާ ދޫކޮށްލައިފި، އީޕީއޭއިން ބުނީ ފިޔަވަޅު އަޅާނެކަމަށް

އީޕީއޭއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--- ސަން ފޮޓޯ: ފަޔާޒު މޫސާ

ރ. އަތޮޅުގެ ފަޅު ރަށެއްކަމަށްވާ ގާއުނޑޫދޫގައި ވަރަށް އިހާނަތިކޮށް ބަނދެފައި އޮތް ވެލާ ސަލާމަތްކޮށް މޫދަށް ދޫކޮށްލައިފިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ ދިރޭތަކެއްޗަށް ލާއިންސާނީ އަނިޔާކުރުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"އެ ވެލާ މިހާރު ދޫކޮށްލެެވިފައި ވަނީ. އެކަން ހިނގައިދިޔަގޮތް ބެލުމުގެ މަސައްކަތް މިހާރު ފުރަތަމަ އަޅުގަނޑުމެން މިކުރަމުން މިގެންދަނީ. އެކަން ބެލުމަށްފަހުގައި ފިޔައަޅު އަޅަން ޖެހޭ ފަރާތެއް ވަންޏާ އަޅުގަނޑުމެން އެފަރާތަކާ ދޭތެރޭ ފިޔަވަޅު ވެސް އަޅާނަން. ބައެއް ފަހަރު މިކަހަލަ ކަންތައްތައް ހިނގާފައި ހުންނައިރުގައި އެ އަމަލު ހިނގި ފަރާތެއް ހޯދަން އުދަނގޫވޭ،" ނައީމް ވިދާޅުވިއެވެ.

އައްސާފައި އޮތް އާދަޔާ ހިލާފަށް ބޮޑު ވެލާ ފެނުނީ މިއަދު ހެނދުނު ކަމަށް ވެސް އެންވަޔަރަމަންޓް މިނިސްޓްރީން ބުންޏެވެ.

އެ ވެލާ ސަލާމަތްކޮށްފައި ވަނީ ތިމާވެށީގެ ދިރާސާތަކެއް ކުރުމަށް އެ ރަށަށް ގޮސް އުޅުނު އެންވަޔަރަމަންޓް މިނިސްޓްރީގެ ޓީމަކާއި އީޕީއޭގެ ޓީމަކަށެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް މުހައްމަދު ޒާހިރު (މީމު ޒަވިޔަނި) ވިދާޅުވީ އެ ވެލާއަށް އެެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ވެސް ޒާހިރު ވިދާޅުވިއެވެ.

comment ކޮމެންޓް