މިހާރަކަސް އައިސް މަޝްހޫރުވަމުން އަންނަ ޑާކް މޯޑް ފީޗާ އިންސްޓަގްރާމަށް ވެސް ތައާރަފްވެއްޖެ އެވެ.
އިންސްޓްގްރާމް ޑާކް މޯޑަށް ބަދަލުކުރަން ބޭނުންނަމަ ގެންގުޅޭ ފޯނު ޑާކް މޯޑަށް ބަދަލުކޮށްލާށެވެ. އޭރަށް އިންސްޓަގްރާމް އޮޓޯއިން އަނދިރިވެގެންދާނެ އެވެ.
ހަބަރުތައް ބުނާގޮތުގައި އައިފޯންގެ އާ އަޕްޑޭޓް އައިއޯއެސް 13 އަށް އަޕްޑޭޓްކުރުމުން އިންސްޓަގްރާމް ޑާކް މޯޑަށް ބަދަލުކޮށްލެވެ އެވެ.
ފޯނުގެ ސެޓިން އަށް ގޮސް "ޑިސްޕްލޭ އެންޑް ސެޓިން" އަށް ވަދެ "ޑާކް މޯޑް" އޮންކޮށްލާށެވެ. އޭރުން ފޭސްބުކް މެސެންޖާހެން އިންސްޓަގްރާމްވެސް ޑާކް މޯޑަށް ބަލަދުވާނެ އެވެ.
އިންސްޓަގްރާމްގެ އިތުރުން ކްރޯމް ވައިބާ ޔޫޓިއުބް އަދި ޓެލެގްރާމް ގައިވެސް ވަނީ މިހާރު ޑާކް މޯޑް ހިމަނައިފަ އެވެ.