ޝީޝާގެ ޝޯރޫމެއް ލ. އަތޮޅުގައި ހުޅުވަައިފި

ލ. ގަމުގައި ޝޯ ރޫމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެެރެއިން--- ފޮޓޯ: ޝީޝާ

ހޮންޑާ ބްރޭންޑްގެ ރާއްޖޭގެ އޮތޮރައިޒާ ޝީޝާ ކުންފުނިން ލ. އަތޮޅު ގަމުގައި ޝޯރޫމެއް ހުޅުވައިފިއެވެ.

އެ ޝޯރޫމް ހުޅުވައިދެއްވީ ޝީޝާގެ ސީއީއޯ އިބްރާހިމް ހުޝާމްއެވެ.

މިއީ ޝީޝާއިން އަތޮޅު ތެރޭގައި ހުޅުވި ހަތަރުވަނަ ޝޯރޫމެއެވެ. އެ ޝޯރޫމްއާއެކު މާލެއިން ލިބޭ އަގުތަކުގައި އެ އަތޮޅުން އެންމެ ފަހުގެ ސައިކަލުތައް ލިބޭނެކަމަށް ޝީޝާއިން ބުންޏެވެ.

އޭގެ އިތުރުން ހޮންޑާ ބްރޭންޑްގެ އެންމެ ފަހުގެ ސައިކަލާއި ސައިކަލުގެ ސްޕެއާ ޕާޓްސްއާ ޕަވާ ޕްރޮޑަކްޓްސްއާއި މަސްވެރިކަމަށް ދޯނި ފަހަރުގައި ބޭނުންކުރާ ވޯޓާ ޕަމްޕްވެސް އެ ޝޯރޫމުން ލިބޭނެކަމަށް ޝީޝާއިން ބުންޏެވެ.

ޝީޝާއިން ލ. އަތޮޅުގައި ހުޅުވި ޝޯ ރޫމް-- ފޮޓޯ: ޝީޝާ

ޝީޝާގެ ލ. ޝޯރޫމުން އިސްލާމިކް ބޭންކް މެދުވެރިކޮށް ސައިކަލު އިންސްޓޯލްމަންޓަށްވެސް ނެގެއެވެ.

އިއްޔެ ހުޅުވި ޝޯރޫމްގައި ވަނީ ހާއްސަ ޕްރޮމޯޝަނެއްވެސް ފަށައިފައެވެ.

އެގޮތުން އެ ޝޯރޫމްއިން ވިޔަފާރި ކުރާ ފުރަތަމަ 20 ފަރާތަށް ސައިކަލް ހެލްމެޓްވެސް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ޝީޝާއިން ބުނީ ލ. އަތޮޅުގައި ވަރަށް އަވަހަށް ސާވިސް ސެންޓަރެއްވެސް ހުޅުވާނެ ކަމަށެވެ.

ޝީޝާގެ ހުރިހާ އައުޓްލެޓެއްގައި މިހާރު ދަނީ ބޯނަސް ޕްރޮމޯޝަނެއްވެސް ފަށައިފައެވެ. އަންނަ މަހުގެ 10 އަކާ ހަމައަށް އެ ޕްރޮމޯޝަނުގައި 6،000-3،000 ރުފިޔާއާ ދެމެދުގެ ޑިސްކައުންޓެއް ސައިކަލް ގަންނަނަމަ ލިބެއެވެ.

ޝީޝާއިން މިހާރު ދަނީ ގދ. ތިނަދޫ އަދި ގއ. ވިލިނގިލީގައިވެސް ޝޯރޫމެއް ހުޅުވުމަށް ތައްޔާރުވަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް